ދިވެހިރާއްޖެ
އިޢުލާން
ގދ. ތިނަދޫ އިޚްލާސް މިސްކިތުގެ ފުރަތަމަ ފަންގިފިލާގައި ޖަހާފައިވާ ޕާޓިޝަން އޭރިޔާގައި އެޅުމަށް ބޭނުންވާ ނެވިލޯން ހޯދުމަށްއިޢުލާނު ކުރުން
ގދ. ތިނަދޫ އިޙްލާސް މިސްކިތުގެ ފުރަތަމަ ފަންގިފިލާގައި ޖަހާފައިވާ ޕާޓިޝަން އޭރިޔާގައި އެޅުމަށް ބޭނުންވާ ނެވިލޯން ހޯދުމުގެ މަޝްރޫޢުގެ ދަށުން މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ނެވިލޯން ހޯދުމާއި އެޅުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމަށް ހުޅުވާލައި އިޢުލާނު ކުރަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓަރ ކުރައްވާ ހުރިހާ ފަރާތްތަކަށް މެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 05 އޮކްޓޯބަރ 2023 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނުވަތަ މެއިލް projects@thinadhoo.gov.mvމެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި އިޢުލާނާއި އެކު ރެޖިސްޓްރޭޝަން ފޯރމް އެއްކަރުދާސް ކުރެވިފައިވާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 12 އޮކްޓޯބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
|
ތާރީޚް |
ދުވަސް |
ގަޑި |
ތަން |
ރެޖިސްޓްރޭޝަން މުއްދަތު |
24 ސެޕްޓެންބަރ 2023- 05 އޮކްޓޯބަރ 2023 |
|
|
ގދ.ތިނަދޫ ސިޓީ ކައުންސިލް އިދާރާ / މެއިލް |
ބީލަން ހުށަހެޅުން |
12 އޮކްޓޯބަރ 2023 |
ބުރާސްފަތި |
13:00 |
ގދ.ތިނަދޫ ސީޓީ ކައުންސިލް އިދާރާ ޖަލްސާ ކުރާ މާލަމުގައި |