ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
-
އައްޑޫ ސިޓީ މަރަދޫފޭދޫ އަވަށު މޮނިއުމެންޓް ބޭސް އެއް ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)426-AA/426/2023/411 އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީ، އެ އިއުލާން ބާޠިލުކޮށް އަލުން މިފުރުސަތު ހުޅުވާލަމެވެ. މި މަސައްކަތަށް ދައުވަތު ހުޅުވާލެވެނީ ދިވެހިރާއްޖޭގައި މިބާވަތުގެ ވިޔާފާރިކުރުމަށް ރެޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށެވެ.
-
މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 2023 ސެޕްޓެމްބަރު 26 ވާ އަންގާރަ ދުވަހުގެ 10:00 އިން ފެށިގެން 2023 އޮކްޓޫބަރު 05 ވާ ބުރާސްފަތި ދުވަހުގެ 14:00 އާއި ހަމަޔަށް މިއިދާރާގެ ޕްރޮކިއުމަންޓް ޔުނިޓަށް tender@adducity.gov.mv) )ބީލަން ހުށަހަޅާ ފަރާތުގެ މައުލޫމާތު (ކުންފުނި ނުވަތަ ވިޔަފާރީގެ ނަން، ފޯން ނަންބަރު އަދި މެއިލް އެޑްރެސް) މެއިލްކޮށްގެން ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރެއްވުން އެދެމެވެ. މި މުއްދަތުގެ ތެރޭގައި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓް އަދި ބިޑް ފޯމް ސޮފްޓްކޮޕީ ފޯރމެޓްގައި މެއިލްކުރެވޭނެއެވެ.
-
ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2023 ސެޕްޓެމްބަރު 26 ވާ އަންގާރަ ދުވަހުން ފެށިގެން 2023 އޮކްޓޫބަރު 08 ވާ އާދީއްތަ ދުވަހުގެ 12.00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 2023 އޮކްޓޫބަރު 09 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރާ ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
-
ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2023 އޮކްޓޫބަރު 15 ވާ އާދީއްތަ ދުވަހުގެ 11:00 ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
-
މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އީމެއިލް: tender@adducity.gov.mv
10 ރަބީޢުލްއައްވަލް 1445
25 ސެޕްޓެމްބަރު 2023