ދިވެހިރާއްޖެ
އިޢުލާން
ށ.ނޫމަރާ ހުކުރު މިސްކިތު ފުރާޅުގައި ސޯލާ ހަރުކޮށްދޭނެ ފަރާތެއް ހޯދުން
ނޫމަރާ ހުކުރު މިސްކިތު ފުރާޅުގައި ސޯލާ ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު، މިކައުންސިލްގެ ނަންބަރު (IUL)272-ESMS/272/2023/63 (18 ޖުލައި 2023) އިޢުލާނާގުޅިގެން ދެވުނު މަޢުލޫމާތު ކަރުދާހުގެ ބައެއް މަޢުލޫމާތު ބަދަލުކުރުމަށް ބޭނުންވާތީވެ، އެ އިޢުލާން ބާޠިލުކޮށް އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 03 އޮކްޓޯބަރު 2023 ން 10 އޮކްޓޯބަރު 2023 ގެ 14:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- "ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.gle/4mqn3dfVJcCXQFou7
މިޕްރޮޖެކްޓާއި ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 15 އޮކްޓޯބަރު 2023 ވާ އާދީއްތަ ދުވަހުގެ 13:00 ގައި ނޫމަރާ ކައުންސިލް އިދާރާގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.
ބީލަމާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ އީމެއިލް ކުރައްވާނީ 12 އޮކްޓޯބަރު 2023 ވާ (ބުރާސްފަތި) ދުވަހުގެ 12:00 ގެ ކުރިން info@noomaraa.gov.mv އީމެއިލް އެޑްރެހަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6540042 ނުވަތަ 9163162 ނަމްބަރާއެވެ.
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 19 އޮކްޓޯބަރު 2023 ވަނަ ދުވަހުގެ 13:00 ގައި ނޫމަރާ ކައުންސިލް އިދާރާގައެވެ.
މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ. މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
- ޕްރޮކިއުމަންޓް ޔުނިޓް
- ނޫމަރާ ކައުންސިލް އިދާރާ، ށ. ނޫމަރާ
- ފޯން: 6540042
- އީމެއިލް: info@noomaraa.gov.mv
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.