ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އެނެކްސް 1 އިމާރާތުގެ ޗެމްބަރ އިލެކްޓްރިކް ރޫމަށް ބޭނުންވާ އެކްސެސަރީސް ގަންނަން ބޭނުންވެއެވެ. މިއިޢުލާނާއެކު ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އެއްއުރަ ކުރެވިފައި އެވަނީއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތިން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
https://forms.office.com/r/Bx2mdhMvuj ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ކުރަންވާނީ މަތީގައިވާ ލިންކް މެދުވެރިކޮށް، 21 އޮކްޓޫބަރ 2023 ވާ ހޮނިހިރު ދުވަހުގެ 23:59 ގެ ކުރިންނެވެ. ނޯޓް: މިއިޢުލާނާއެކު ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އެއްއުރަ ކުރެވިފައި އެވަނީއެވެ. |
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން |
މި މަސައްކަތާ ގުޅިގެން ޕްރީބިޑް މީޓިންގ އެއް ބޭއްވުމަށް ހަމަޖެހިފައިނުވެއެވެ. ނަމަވެސް، ބީލަމާ ގުޅޭ ގޮތުން އެއްވެސް ސުވާލެއް އޮތްނަމަ، 21 އޮކްޓޫބަރ 2023 ވާ ހޮނިހިރު ދުވަހުގެ 23:59 ގެ ކުރިން bid.registration@majlis.gov.mv އަށް އީމެއިލް ކުރުމުން، 22 އޮކްޓޫބަރ 2023 ވާ އާދިއްތަ ދުވަހުގެ 23:59 ގެ ކުރިން، ބިޑު ހުށަހެޅުމަށް ރަޖިސްޓްރީކޮށްފައިވާ ހުރިހާ ފަރާތްތަކަށް ޖަވާބު ފޮނުވޭނެއެވެ. |
ބީލަމާ ގުޅޭގޮތުން ސުވާލު ފޮނުވުން |
25 އޮކްޓޫބަރ 2023 ވާ ބުދަ ދުވަހުގެ 10:30 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި،
ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މަތީގައި ބަޔާން ކޮށްފައިވާ ލިންކް މެދުވެރިކޮށް ބިޑު ހުށަހެޅުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުޅުވުމަށް ހަމަޖައްސާފައިވާ ތާރީޚަކީ އެއްވެސް ސަބަބަކާ ހުރެ ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ، ބީލަން ހުޅުވުން އޮންނާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުގެ މަތީގައި ބަޔާންކޮށްފައިވާ ގަޑީގައެވެ. |
ބީލަން ހުށަހެޅުމާއި ހުޅުވަންވީ ތަނާއި ސުންގަޑި
|