ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)355/355/2023/52
ޕަބްލިޝްކުރި ތާރީޚް: 16 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 14:14
ސުންގަޑި: 25 އޮކްޓޫބަރު 2023 21:00
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޭންޑް ޔޫސް ޕްލޭން ފާސްކުރުމުގެ ބައްދަލުވުމަށް ދެވޭ ދައުވަތު

ޤާނޫނު ނަންބަރު 7/2010 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެދަށުން އެކުލަވާލެވިފައިވާ މިރަށުގެ ލޭންޑް ޔޫސް ޕްލޭން ފާސްކުރުމަށް ބާއްވާ ރައްޔިތުންގެ ބައްދަލުވުން 25 އޮކްޓޫބަރު 2023 ވާ ބުދަދުވަހުގެ ރޭ 21:00 ގައި މިކައުންސިލްގެ އިދާރާގެ މީޓިން ރޫމް (ކުރަހާގެ) ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.  މި އިޢުލާނާއެކު މިހާރު ބިން ބޭނުންކުރަމުން ގެންދާ ގޮތުގެ ކުރެހުމާއި ކުރިއަށް އޮތް 05 އަހަރު ބިން ބޭނުންކުރުމަށް ޕްލޭން ކުރެވިފައިވާ ގޮތުގެ ކުރެހުން އަދި ދިގު މުއްދަތުގައި ބިން ބޭނުންކުރުމަށް ޕްލޭންކުރެވިފައިވާ ގޮތުގެ ކުރެހުން އާއްމު ކުރެވެވިފައިވާ ކަމުގައިވެސް ދަންނަވަމެވެ.

ވީމާ، މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންދެއްވުންއެދި މިރަށުގެ އެންމެހާ ރައްޔިތުންނަށް ދައުވަތު އަރުވަމެވެ.

16 އޮކްޓޫބަރު 2023