ދިވެހިރާއްޖެ
މި ކައުންސިލުން އިމާރާތްކޮށްފައިވާ ކާޑު ގުދަން ކުއްޔަށް ހިފާނެ ފަރާތެއް ބޭނުންވެއްޖެ.
މި ބިޑްގައި ބައިވެރިވާން އެދޭ ފަރާތްތަކުން 30 އޮކްޓޯބަރ 2023 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މި އިޢުލާނާއެކު ހިމެނިފައިވާ ގޫގަލް ލިންކުން ރަޖިސްޓްރީވުމަށް ދަންނަވަމެވެ.
ރަޖިސްޓްރީ ލިންކް: https://forms.gle/ecv2FGUSRzNFMWN6A
ވީމާ، މި މަސައްކަތް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 އޮކްޓޯބަރ 2023 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބާއި ގުޅޭ އިތުރު މައުލޫމާތުކައުންސިލްގެ އީމެއިލް procurement@hinmfushi.gov.mv ނާއި ގެޒެޓުގައި މި އިއުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާކަންވެސް މި ފުރުޞަތުގައި ދަންނަވަމެވެ. މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.