ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
މިއިދާރާއިން ދޭ މައުލޫމާތާއި އެއްގޮތައް ށ.ފޭދޫ ކައުންސިލްގެ ރަށްވެހިގޭގެ މަރާމާތު އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 29 އޮކްޓޯބަރ 2023 ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން ބިޑް ރަޖިސްޓްރީ ކުރައްވާ، ދީފައިވާ މަޢުލޫމާތު ކަރުދާހާ އެއްގޮތަށް 05 ނޮވެމްބަރ 2023 ވާ އާދިއްތަ ދުވަހުގެ 13:00 އަށް މިލަދުންމަޑުލުއުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ، ފިނިވާމަގު/ށ.ފޭދޫ އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މިމަސައްކަތާއި ގުޅިގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 31 އޮކްޓޯބަރ 2023ވާ އަންގާރަ ދުވަހުގެ 11:00 ގައި މިކައުންސިލްގެ މީޓިންރޫމުގައި އޮންނާނެއެވެ.
ށ.ފޭދޫ ރަށްވެހިގެ މަރާމާތު ކުރުމުގެ މައުލޫމާތު ކަރުދާސް މިއިއުލާނާއި އެކު އާންމުކޮށްފައިވެވެ.
މިލަދުންމަޑުލުއުތުރުބުރީ ފޭދޫ ފޭދޫ ކައުންސިލްގެ އިދާރާ |
ފޯނުނަމްބަރ. |
ވެބްސައިޓް |
އީމެއިލް |
6540045 |
www.feydhoo.gov.mv |
info@feydhoo.gov.mv |
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.