ދިވެހިރާއްޖެ
1- މި ސުކޫލުގެ ސެންސަރީ ރޫމަށް ބޭނުންވާ ތަކެތި ހޯދުމަށް ކުރެވުނު ނަންބަރު:GS-215/IUL/2023/19 އިޢުލާނަށް އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
2- މި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2023 އޮކްޓޫބަރ 31ވާ އަންގާރަ ދުވަހު 12:00ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ. ބީލަން ހުށަހެޅޭނީ، މި މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
- ބީލަމުގައި ރަޖިސްޓްރީވާ ފޯމުގެ ލިންކު: https://forms.gle/pJXGGjD3FdUQZaXGA
3- މަސައްކަތާގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 އޮކްޓޫބަރ 31 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން admin@ihadhdhooschool.edu.mv އަށް މެއިލުކުރެއްވުން އެދެމެވެ. މި މެއިލަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 2023 އޮކްޓޫބަރ 31، ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ. އަދި ޖަދުވަލު ތަކުގެ ވޯޑްޑޮކިއުމަންޓް ބޭނުންވާ ފަރާތްތަކަށް މެއިލްކޮށްދެވޭނެއެވެ.
4- ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 5 ނޮވެންބަރު 2023، ވާ އާދިއްތަ ދުވަހުގެ 11:00 ގައި މި ސުކޫލުގެ ލައިބުރަރީގައެވެ.