ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-LMS/468/2023/305
ޕަބްލިޝްކުރި ތާރީޚް: 25 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 12:01
ސުންގަޑި: 30 އޮކްޓޫބަރު 2023 13:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެރިފަރާތްހޯދުން

 ފުވައްމުލަކުގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓްތައް އެޅުމަށް ހޯދަޑު އަވަށުން ނިންމަވާފައިވާ ބިންތަކުގެ ތެރެއިން، "މުރަގަވިލާ" ގޯއްޗާއި "ގަލްފް" ގޯތި ބަދަލުކުރުމަށް ހަމަޖެހިފައިވާ ބިމުގައި ހުރި ރުއްގަސްތަކުގެ މިލްކުވެރިފަރާތް ހޯދުމަށް ބޭނުންވެއެވެ.   

  • އީޝް ގޯތީގެ އުތުރުން ޔާދު ގޯޅި އާއި އިންވެގެން އޮތް ހުސްބިމުގައި ނަންބަރު 5-1 ޖަހާފައިވާ ރުއްގަސްތައް.
  • ޖީވާ ގޯތީގެ ހުޅަގުން ރިވާ ގޯޅީގެ އާއި އިންވެގެން އޮތް ހުސްބިމުގައި ނަންބަރ 17 – 1 ޖަހާފައިވާ ރުއްތައް

 ވީމާ، މިރުއްގަސްތަކުގެ މިލްކުވެރި ފަރާތެއް ވާނަމަ 2023 އޮކްޓޯބަރ 30 ވާ ހޯމަ ދުވަހުގެ 13:00 ގެކުރިން ރުއްތައް ރަޖިސްޓްރީކޮށްފައިވާކަމުގެ ލިޔުމުގެ ކޮޕީއެއް ނުވަތަ މިލްކުވެރިކަން އަންގައިދޭ ލިޔުމުގެ ކޮޕީއެއް ފުވައްމުލަކު ސިޓީކައުންސިލް އިދާރާގެ ލޭންޑް މެނޭޖްމެންޓް ސެކްޝަން (ކުރީގެ ފުވައްމުލަކު އޮފީސް) އަށް ހުށަހެޅުއްވުން އެދެމެވެ.

25 އޮކްޓޫބަރު 2023