ބީލަން
ނަންބަރު: (IUL)299/299/2023/40
ޕަބްލިޝްކުރި ތާރީޚް: 31 އޮކްޓޫބަރު 2023
ޕަބްލިޝްކުރި ގަޑި: 14:09
ސުންގަޑި: 23 ނޮވެންބަރު 2023 11:00
މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. ވާދޫއިން މުވާސަލާތީ ޚިދުމަތްތަކަށް ހާއްސަކުރެވިގެން އެންޓަނާ ޖެހުމަށް ބިން ދޫކުރުން

 

އިޢުލާން

 

 

މުވާސަލާތީ ޚިދުމަތްތަކަށް ހާއްސަކުރެވިގެން އެންޓަނާ ޖެހުމަށް ވާދޫއިން ބިން ދޫކުރުން

 

މުވާސަލާތީ ޚިދުމަތްތަކަށް ހާއްސަކުރެވިގެން އެންޓަނާ ޖެހުމަށް ރ.ވާދޫއިން 2550 އަކަފޫޓުގެ ބިމެއް ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ.

ބީލަމުގައި ބައިވެރިވެވޭނީ، ބީލަމުގައި ބައިވެރިވުމަށް އެދި ރަޖިސްޓަރީކުރާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓަރީކުރުމަށް، ބީލަން ފޮތް ގަތުމަށް އެދޭ ފޯމް ފުރިހަމަކޮށް މިއިދާރާއަށް ހުށަހަޅަންވާނެއެވެ. ބީލަން ފޮތް ދޫކުރާނީ ބީލަން ގަތުމަށްއެދޭ ފޯމު ހުށަހެޅުމާއިއެކު، ބީލަން ފޮތް ގަތުމަށް ފައިސާ ދައްކާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ފޮތުގެ (ސޮފްޓް ކޮޕީގެ) އަގަކީ 500.00 (ފަސްސަތޭކަ ރުފިޔާ) އެވެ.

ބީލަން ފޮތް ގަތުމަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ 2023 ނޮވެމްބަރ 02 އިން 2023 ނޮވެމްބަރ 13 ވަނަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 12:00 ގެ ނިޔަލަށެވެ. ފޯމު މެއިލް ކުރާނަމަ، ފޯމު ލިބުނުކަން ކަށަވަރު ކުރުމަކީ ހުށަހަޅުއްވާ ފަރާތުގެ ޒިންމާއެކެވެ. 2023 ނޮވެމްބަރ 13 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ފަހުން ލިބޭ ފޯމުތަކަށް ބީލަން ފޮތް ނުވިއްކޭނެއެވެ.

ބީލަން ފޮތް ގަތުމަށް އެދޭ ފޯމު މިއިދާރާއިން ލިބެން ހުންނާނެއެވެ. ބީލަމާއި ގުޅޭ އެންމެފަހުގެ މައުލޫމާތު މިއިދާރާއިން ހޯދުމަކީ، ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. ބިމަށްއެދި އަގުހުށަހެޅޭނީ މުވާސަލާތީ ނުވަތަ އިންޓަރނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ހުއްދަ އޮތް ވިޔަފާރިއެއް ނުވަތަ ކުންފުންޏަކަށެވެ.

ބީލަން ބަލައިގަތުމާއި، ބީލަން ކެނޑުން އޮންނާނީ 2023 ނޮވެމްބަރ 23 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ނުވަތަ ކުރިންވެސް ބީލަން ބަލައެއް ނުގަނެވޭނެއެވެ.

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީހާއި ގަޑި އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

މިއިއުލާނާއި ގުޅިގެން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ، މިއިދާރާގެ ނަންބަރު 4000299 އާއި ގުޅައިގެން ނުވަތަ info@vaadhoo.gov.mv  އަށް އީމެއިލް ކޮށްގެން ސާފުކުރުމަށް ދަންނަވަމެވެ.

31 އޮކްޓޫބަރު 2023