ދިވެހިރާއްޖެ
ރާއްޖޭގައި ބާއްވާ ފުރަތަމަ ނެޝަނަލް ކްލައިމެޓް އައުޓްލުކް ފޯރަމް ބާއްވާނެ ހޯލަކާއި ކޭޓަރިންގގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއާއި ދުނިޔޭގެ މޫސުމާބެހޭ ޖަމްޢިއްޔާ ގުޅިގެން ރާއްޖޭގައި ބޭއްވޭ ފުރަތަމަ ނެޝަނަލް ކްލައިމެޓް އައުޓްލުކް ފޯރަމް ބޭއްވުމަށް ބޭނުންވާ ހޯލެއް ހޯދުމާއި، ފޯރަމް ކުރިއަށްދާ ދެދުވަހު ފޯރަމްގެ ބައިވެރިންނަށް 3 އިރު ކޭޓަރިންގގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން، 2015 ފެބުރުވަރީ 16 ވަނަ ދުވަހު މިސަރވިސްއިން ކުރި ނަންބަރު MMS-A/2015/09 ގެ އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް އެއްވެސް ފަރާތަކުން ވަޑައިނުގަންނަވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 18 މާރިޗު 2015 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް ހުޅުލޭގައި ހުންނަ މިސަރވިސްއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 މާރިޗު 2015 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް މިސަރވިސްއަށް ވަޑައިގެން ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީހިސާބު ބަލައިނުގަނެވޭނެކަމުގައި ދެންނެވީމެވެ. މި ފޯރަމުގައި ގާތްގަނޑަކަށް 55 ބޭފުޅުން ބައިވެރިވާނެކަމަށް ބެލެވެއެވެ. ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ޓާމްސް އޮފް ރިފަރެންސްގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން މިކަމަށް އެންމެ އެކަށޭނަ ފަރާތެއް ހޮވައި، ބިޑް އެވޯޑްކުރާނެ ފަރާތެއް ނިންމާނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އެޖެންސީ ޓެންޑަރ ކޮމިޓީންނެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ފޯނު 7768565 / އީމެއިލް admin@meteorology.gov.mv އަށެވެ.
21 ޖުމާދަލްއޫލާ 1436