ދިވެހިރާއްޖެ
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ރިސަރޗް އަށް ބޭނުންވާ އާރ.އޯ ޕްލާންޓް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުޅުވާލަމެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވެލައްވާ ހުރިހާ ފަރާތްތަކުން މި އިޢުލާނުގައިވާގޮތުގެ މަތިން ބީލަން ހުށަހެޅުއްވުން އެދެމެވެ.
ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން
ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީހާއި ވަގުތު، ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް-އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.
ބީލަން ހުށަހަޅާނީ 22 ނޮވެމްބަރު 2023 ވާ ބުދަދުވަހުގެ 11:00 ގެ ކުރިން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީއަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައެއް ނުގަނެވޭނެއެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ 22 ނޮވެމްބަރު 2023 ވާ ބުދަ ދުވަހު 11:05 ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 12 ނޮވެމްބަރ 2023 ވާ އާދީއްތަ ދުވަހުން ފެށިގެން 16 ނޮވެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގެ ނިޔަލަށް ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
https://forms.gle/D8UGzQS5bhgjhGjf8
އިތުރު މަޢުލޫމާތު ސާފުކުރުން
މި ބީލަމުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނަ ތަން، ގަޑި އަދި ތާރީޚް ފަހުން އެންގޭނެއެވެ. އަދި މީގެ އިތުރުންވެސް އެއްވެސް މަޢުލޫމާތެއް ސާފުކުރަންވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ، އީ-މެއިލް ކުރާނީ 19 ނޮވެމްބަރު 2023 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިއުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.
އީމެއިލް އެޑްރެސްprocurement@epa.gov.mv
މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީއަށް (އީ.ޕީ.އޭ) ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައި ބާތިލުކުރުމުގެ އިޚްތިޔާރުވެސް އީ.ޕީ.އޭ އަށް ލިބިގެންވެއެވެ.