ދިވެހިރާއްޖެ
ގދ. ފިޔޯރީ ސްޓޭޓް ހައުސް ދީފައިވާ މައުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން ކުރި މި އިދާރާގެ ނަންބަރ: (IUL)422/422/2023/63 އިއުލާނަށް އެކަށީގެނވާ ތަރުހީބެއް ލިބިފައިނުވާތީ އަލުން އިއުލާން ކުރަމެވެ. މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 27 ނޮވެމްބަރ 2023 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާގެ އީމެއިލް އެޑްރެހަށް، (projects@fiyori.gov.mv) އެއްކަރުދާސް ކުރެވިފައިވާ ރަޖިސްޓްރޭޝަން ފޯރމް ފުރުއްވުމައްފަހު އީމެއިލް ކޮށްދެއްވުން އެދެމެވެ. މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ރަޖިސްޓްރީކުރާ ފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ. ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 5 ޑިސެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 6 ޑިސެމްބަރ 2023 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ.
ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 7 ޑިސެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
އިތުރު މަޢުލޫމާތު
ގދ. ފިޔޯރީ ކައުންސިލުގެ އިދާރާ
ފޯން: 4002625
އީމެއިލް: projects@fiyori.gov.mv
19 ނޮވެމްބަރ 2023