ބީލަން
ނަންބަރު: (IUL)213-PR/213/2023/61
ޕަބްލިޝްކުރި ތާރީޚް: 19 ނޮވެންބަރު 2023
ޕަބްލިޝްކުރި ގަޑި: 19:45
ސުންގަޑި: 07 ޑިސެންބަރު 2023 13:00
މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
މޯލްޑިވްސް ޕޮލިޓެކްނިކް ސ.ހިތަދޫ ކެމްޕަހުގެ ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ބޭނުންވެއްޖެ.

މޯލްޑިވްސް ޕޮލިޓެކްނިކް ކެމްޕަސްތަކުގެ ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމަށް  ކުރި އިޢުލާން ނަންބަރު:(IUL)213-PR-213-2023-23އާއި ގުޅިގެން ހުށަހަޅާފައިވާ އަންދާޒީ ހިސާބުތައް މާ ބޮޑުކަމަށް ފެންނާތީ، ހުށަހެޅުނު އަންދާޒީ ހިސާބުތައް ބާތިލުކޮށް އަލުން މި މަސައްކަތް ކޮއްދޭނެ ފަރާތަކަށް އިއުލާންކުރަމެވެ. މިމަސައްކަތް ކޮށްދިނުމަށް އެދޭ ފަރާތްތަކުން27  ނޮވެމްބަރ 2023ވާ ހޯމަ ދުވަހުގެ 14.00 ކުރީން ތިރީގައިވާ ލިންކް މެދުވެރިކޮއް ރަޖިސްޓްރީކޮއްދެއްވުން އެދެމެވެ.

https://forms.gle/QcfkBVogbeT3xodp6

މި މަސައްކަތް ކުރުމަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް ބީލަން ކަރުދާސް މެއިލުން ފޮނުވޭނެއެވެ.

ޕްރީބިޑް ބައްދަލުވުން

މި އިޢުލާނާއި ގުޅިގެން ބާއްވާ ޕްރީބިޑް ބައްދަލުވުން އޮންނާނީ 28 ނޮވެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 13.00 ގައި މޯލްޑިވްސް ޕޮލިޓެކްނިކް ގައެވެ.

ބީލަން ހުށައެޅޭނީ ޤާނޫނު ނަމްބަރު: (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު: (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

ބީލަން ހުޅުވުން އަދި ބީލަން ވެލިޑިޓީ

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 07 ޑިސެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މޯލްޑިވްސް ޕޮލިޓެކްނިކްގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 60 (ހައްޓި) ދުވަސް އޮންނަންވާނެއެވެ. އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. އަދި ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުން ހުށައަޅުއްވާ ބީލަން ބަލައި ގަތުމަށް ހަމަ ޖެހިފައި ނުވާ ވާހަކަ ދަންނަވަމެވެ.

ބީލަން ހުށަހަޅުއްވާ އިރު ބިޑުގެ ސޮފްޓް ކޮޕީއެއް ހުށަހަޅުއްވަންވާނެވެ. (ސީ.ޑީ/ޕެންޑުރައިވް) އަދި ބީލަމުގެ ޖަދުވަލު 1ގައިވާ ހުރިހާ ލިޔުންތައް ފުރިހަމަ ކޮށްފައިހުންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 27 ނޮވެމްބަރ 2023 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން  procurement@polytechnic.edu.mv އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.  ނުވަތަ 3305420 އާއި ގުޅުއްވުން އެދެމެވެ.

19 ނޮވެންބަރު 2023