ދިވެހިރާއްޖެ
ހުޅުމާލޭން ގުދަނެއްް ކުއްޔަށް ހިފުމާބެހޭ
ހުޅުމާލެއިން 800 އަކަފޫޓާއި 1000 އަކަފޫޓާ ދޭތެރޭގެ ތަނެއް ގްރައުންޑް ފްލޯރއިން ގުދަނަކަށް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. ވީމާ، މިފަދަތަނެއް ކުއްޔަށް ދޫކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 19 މާރިޗު 2015ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން ތިރީގައި ދެވިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް މިކުންފުނީގެ ހުޅުމާލެ ޕޯސްޓް އޮފީހަށް ނުވަތަ މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (3 ވަނަ ފްލޯރ އަށް) މާލެއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާން ޝާއިޢު ކުރުމުން މިކުންފުނިން ކޮށްފައިވާ ނަންބަރު ADMHR-MPL/2015/24ފ(19 ފެބުރުވަރީ 2015)ގެ އިޢުލާން ބާޠިލު ކޮށްފީމެވެ.
ކުއްޔަށް ހިފަން ބޭނުންވާ އިމާރާތާ ބެހޭ ތަފުސީލު
- އިމާރާތުގެ ބޮޑުމިން ބަޔާން ކުރުން (އަކަފޫޓު)
- އިމާރާތަކީ ގުދަނެއް ހިންގުމަށް ބޭނުން ކުރެވޭ ފަދަ އިމާރާތަކަށްވުން
- ކުއްޔަށް ދޭ ގުދަން މަގުމައްޗަށް ވަކިން ވަދެވޭ ގޮތަށް ހުރުން
- އިމާރާތުގެ ރަޖިސްޓަރީގެ ކޮޕީ ހުށަހެޅުން
- އިމާރާތް ހުރި ސަރަހައްދު ބަޔާން ކުރުން
- އިމާރާތުގެ ކުލި
- އިމާރާތް ކުއްޔަށް ހިފަން ބޭނުންވާ މުއްދަތު (05 އަހަރަށް) ވުރެ ކުރުނޫން މުއްދަތަކަށް
ކުއްޔަށް ހިފަން ބޭނުންވާ އިމާރާތުގައި ހުންނަންޖެހޭ ކަންތައްތައް
- ކަރަންޓާއި ފެން ވަކިކޮށްފައި ހުރުން.
- ޢިމާރާތުގެ ސަލާމަތީ ފެންވަރު ބަޔާންކުރުން
- ކުއްޔަށް ދޭ ތަނަކީ ހުށަހަޅާ ފަރާތުގެ އަމިއްލަ ތަނެއް ކަމުގައި ވުން
ހުށަހަޅަންޖެހޭ އިތުރު މަޢުލޫމާތުތައް:
- ބިޑް ހުށަހަޅުއްވާއިރު ބިމާއި އިމާރާތުގެ ވެރިފަރާތްކަން، ތަނުގެ ބޮޑުމިން އެނގޭނެ ކުރެހުމެއް ނުވަތަ ހުށަހަޅާ ތަނަކާ އެފަރާތަކާ ހުރިގުޅުން އެނގޭނެ ލިޔުމަކާއި އައި.ޑީ ކާޑުގެ ކޮޕީއާއެކު ހުށަހެޅުން.
މި ބިޑާ ގުޅިގެން ޕޮއިންޓް ދެވޭނެގޮތް ތިރީގައި މިވަނީއެވެ.
- އަގު: %50
- ކުއްޔަށްދޭ މުއްދަތު: %40
- ސެކިއުރިޓީ ގޮތުން ވަރުގަދަ އިމާރާތެއްނަމަ: % 10
21 ޖުމާދަލްއޫލާ 1436