މަސައްކަތް
ނަންބަރު: GS27/IULAAN/2023/17
ޕަބްލިޝްކުރި ތާރީޚް: 04 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 21:26
ސުންގަޑި: 12 ޑިސެންބަރު 2023 14:00
ތ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
2024 ވަނައަހަރަށް ތ.އަތޮޅުމަދަރުސާގެ ސެކިއުރިޓި ބަލަހައްޓާނެ ފަރާތެއް ހޯދުން

އިޢުލާން

2024 ވަނަ އަހަރަށް ތ.އަތޮޅުމަދަރުސާގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމާބެހޭ

މިމަދަރުސާއިން ދޭ މަޢްލޫމާތާއި އެއްގޮތަށް މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.  ވީމާ،  މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަދަރުސާގައި ނަންނޯޓުކުރައްވައި،  ތިރީގައި މިދަންނަވާ ދުވަސްތަކުގައި މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް، އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދެންނެވެ.

2024 ވަނައަހަރަށް ތ.އަތޮޅުމަދަރުސާގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް އެދި ބީލަން ހުށައެޅުމަށް ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނުގެ ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. ހުރިހާ މައުލޫމާތެއް ބިޑް ޑޮކިއުމެންޓްގައި ހިމެނިފައިވާނެއެވެ. އަދި ރަޖިސްޓްރީކުރާ ފަރާތްތަކަށް ބިޑް ޑޮކިއުމެންޓް މެއިލްކުރެވޭނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލުގައިވާ ގޮތުގެމަތިން މި މަދަރުސާއަށް ޙާޟިރުވެ މައުލޫމާތު ސާފުކުރުމަށްފަހު އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

ތަފްސީލް

ތަން

ތާރީޚް

ދުވަސް

ގަޑި

ނަން ނޯޓް ކުރުން

ތ.އަތޮޅުމަދަރުސާގެ އޮފީހުގައި

12 ޑިސެމްބަރ 2023

އަންގާރަ

14:00 ގެ ކުރިން

ޕްރީބިޑް މީޓިން

ތ.އަތޮޅުމަދަރުސާގެ އޮފީހުގައި

13 ޑިސެމްބަރ 2023

ބުދަ

13:00 ގައި

އަންދާސީ ހިސާބު ހުށައެޅުން

ތ.އަތޮޅުމަދަރުސާގެ އޮފީހުގައި

17 ޑިސެމްބަރ 2023

އާދީއްތަ

13:00 ގައި

 

ނަންނޯޓު ކުރުމަށް ތިރީގައި ބުނެފައިވާ މަޢްލޫމާތު ބޭނުންވާނެއެވެ.

  • ބިޑް ހުށައެޅުމަށް ރަޖިސްޓަރ ކުރާ ފަރާތުގެ މަޢްލޫމާތު
  • މުޢާމަލާތް ކުރާނެ ފަރާތެއްގެ މަޢްލޫމާތު
  • އައި.ޑީ. ކާރޑް ނަމްބަރު
  • ގުޅޭނެ ފޯން / މޯލްބައިލް ނަމްބަރު

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށައަޅުއްވަން ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެފަރާތުގެ މަޢްލޫމާތު އަންގައިދޭ ސިޓީއަކާއި އަދި ބަދަލުގައި ދުރުވާ ފަރާތުގެ އައި.ޑީ.ކާރޑް ކޮޕީއެއް ހުށަހަޅުއްވަން ވާނެއެވެ. ނަން ނޯޓް ކުރުމަށް ގުޅުއްވާނީ 7964995 އަށް ނުވަތަ admin@thatollschool.edu.mv  އަށް މެއިލް ކުރެއްވުން އެދެމެވެ.

04 ޑިސެންބަރު 2023