ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)413/413/2023/22
ޕަބްލިޝްކުރި ތާރީޚް: 11 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 12:50
ސުންގަޑި: 18 ޑިސެންބަރު 2023 00:00
ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީގޮތުން ރަށުގެ ގަބުރުސްތާނު ސާފުކޮށް ބަލަހައްޓާދޭނެ ފަރާތްތައް ހޯދުން

                ވަގުތީގޮތުން ރަށުގެ ގަބުރުސްތާނު ސާފުކޮށް ބަލަހައްޓާނޭ ފަރާތްތައް ހޯދަން ބޭނުންވެއްޖެއެވެ.

 

ބޭނުންވާ އަދަދު: 01

މުސާރަ : މަސައްކަތްކުރާ ގަޑި އިރަކަށް -/45 ރުފިޔާ

ފެންވަރު ނުވަތަ ޝަރުޠު: އަސާސީ ފެންވަރަށް ލިޔަންކިޔަން ދަތުމާއެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން.

މުއްދަތު: 2024 ޑިސެމްބަރ 31 ގެ ނިޔަލަށް

ކުރަންޖެހޭ މަސައްކަތް:

1-      ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ގަބުރުސްތާނު ސާފުކޮށް ބެލެހެއްޓުން 

ހުށަހަޅަންޖެހޭ ލިއުންތައް:

1-      މި ކަމަށް އެދޭ ފޯމު

2-      އައިޑީކާޑުގެ ކޮޕީ

އެދެންވީ ގޮތާއި، ސުންގަޑި:

                މި ކަމަށް އެދި ވަޑައިގަންނަވާ ފަރާތްތަކުން 18 ޑިސެމްބަރ 2023 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން މިއިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. 

                        މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކާ އިއުލާންކުރީމެވެ.                         

                               11 ޑިސެމްބަރ 2023 

11 ޑިސެންބަރު 2023