ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)386/386/2023/72
ޕަބްލިޝްކުރި ތާރީޚް: 12 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 11:37
ސުންގަޑި: 28 ޑިސެންބަރު 2023 14:00
ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގުރަވެހި އެވޯޑް އަށް ފޯމް ހުށަހެޅުން

އިޢުލާން

 

ގުރަވެހި އެވޯޑް އަށް ފޯމް ހުށަހެޅުން

މި ކައުންސިލުން 2024 ވަނަ އަހަރު ދޭން ނިންމާފައިވާ "ގުރަވެހި އެވޯޑް" އަށް ނަން ހުށަހެޅުމުގެ ފުރުޞަތު 28 ޑިސެންބަރު 2023 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލަމެވެ. މި އިޢުލާނާއެކު އެވޯޑަށް ނަން ހުށަހަޅާ ފޯމް އަދި "ގުރަވެހި އެވޯޑު"ގެ ސިޔާސަތު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

މި އެވޯޑަށް ނަން ހުށަހެޅުއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެޕްލިކޭޝަންފޯމް ކައުންސިލް އިދާރާގެ ރިސެޕްޝަން އިން ލިބެންހުންނާނެއެވެ. ފޯމް ހުށަހަޅާ ފަރާތްތަކަށް އީ- މެއިލް  info@thaaguraidhoo.gov.mv މެދުވެރިކޮށް ފޯމް ހުށަހެޅޭނެ ވާހަކަ ދަންނަވަމެވެ.

 މި އިޢުލާނާއެކު ގުރަވެހި އެވޯޑް ދިނުމުގެ ސިޔާސަތު 2024 އާއްމު ކުރަމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 ޖުމާދަލްއޫލާ 1445

12 ޑިސެންބަރު 2023

12 ޑިސެންބަރު 2023