ކުއްޔަށް ހިފުން
ނަންބަރު: (IUL)22-PU/1/2015/97
ޕަބްލިޝްކުރި ތާރީޚް: 17 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 17:16
ސުންގަޑި: 26 މާރިޗު 2015 11:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އިމާރާތެއް ކުއްޔަށް ހިފުމަށް.

އިމާރާތެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެއެވެ.

ކޮލިޓީ އެޝިއުރެންސް ޑިޕާޓްމަންޓް ހިންގުމަށް ތިރީގައި މިދަންނަވާ ޝަރުޠުތައް ފުރިހަމަވާ 2000 އަކަފޫޓުގެ އިމާރާތެއް 05 އަހަރަށް ކުއްޔަށް ހިފުމަށް ކުރެވުނު IUL)22-PU/1/2015/86) ނަންބަރު އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.

  • މަދުވެގެން 4 ފާޚާނާހުރުން.
  • ގްރައުންޑް ފްލޯއަށްވުރެ މަތިވާނަމަ ލިފްޓުހުރުން.
  • ފަންކާ ނުވަތަ އޭސީ ހަރުކޮށްފައިވުން.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުމަށް: 26 މާރިޗު 2015 (އާދީއްތަ) ދުވަހުގެ 11:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341403, 3341436 ނަންބަރު ފޯނާއެވެ.

26 ޖުމާދަލްއޫލާ 1436

17 މާރިޗު 2015