ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު
ތެލުގެ ވިޔަފާރި ކުރުމަށް ހޯރަފުށިން 5,000 (ފަސްހާސް) އަކަފޫޓުގެ 01 ބިން 20 އަހަރު ދުވަހަށް ކުއްޔަށް ދޫކުރުމަށް ރަށު ކައުންސިލުގެ ހަތަރުވަނަ ދައުރުގެ 10/2023 (16 ފެބްރުއަރީ 2023) ވަނަ ޢާއްމު ޖަލްސާއިން ވަނީ ނިންމައިފައެވެ.
ވީމާ، ތެލުގެ ވިޔަފާރި ކުރުމަށް ހޯރަފުށިން ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިން ބިޑުގައި ރަޖިސްޓްރީ ކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުވުން އެދެމެވެ.
ބީލަން ފޮތް އަދި ބިމުގެ ކުރެހުން މި އިޢުލާނާއެކު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ވާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވާނަމަ ބީލަން ފޮތުގައިވާ ގޮތުގެ މަތިން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން
މި ބީލަމުގައި ރަޖިސްޓްރީވުމަށް 2023 ޑިސެންބަރު 27 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ މަޢުލޫމާތު procurement@hoarafushi.gov.mv އަށް މެއިލް ކުރެއްވުން އެދެމެވެ. ބިޑް ހުށަހެޅުމުގެ ފުރުޞަތު ލިބޭނީ ބިޑްގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ.
ބީލަމުގައި ރަޖިސްޓްރީ ކުރުމަށް ތިރީގައި މިވާ މަޢުލޫމާތުތައް ލިޔުމުން ހުށަހަޅަންވާނެވެ.
މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން:
ވިޔަފާރީގެ ނަން އަދި ވިޔަފާރި ރަޖިސްޓްރީ ނަންބަރު:
އީމެއިލް އެޑްރެސް:
ގުޅޭނެ މޮބައިލް ނަންބަރު:
ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2023 ޑިސެންބަރު 28 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ (އޯކިޑްވިލާ) ގެ ކޮންފަރެންސް ހޯލުގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޟިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅައިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތު ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 60 ދުވަސް އޮންނަންވާނެއެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި މީހަކު ހާޒިރުވާނަމަ އެކަން ބަޔާންކޮށް އެ ފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީއަކާއެކު ސިޓީއެއް ހުށަހަޅަންވާނެއެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކުރައްވައިފައެވެ.
ކޯޕަރޭޓް އެފެއާރޒް ޔުނިޓް
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ހއ.ހޯރަފުށި، ދިވެހިރާއްޖެ
ބީލަމުގެ ނަން: ތެލުގެ ވިޔަފާރި ކުރުމަށް ހޯރަފުށިން ބިން ކުއްޔަށް ދޫކުރުން
އިޢުލާނު ނަންބަރު: (IUL)247-CA/247/2023/149
ނޯޓް:
މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ލިބިގެންވެއެވެ.