ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)420-AS/420/2023/76
ޕަބްލިޝްކުރި ތާރީޚް: 02 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 11:10
ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަތަފަންދޫ ކައުންސިލަށް ދައްކާ ފީތަކާއި ފައިސާ އިންޓަރނެޓް ބޭންކިންގް އަދި ޕީ.އޯ.އެސް މެދުވެރިކޮށް ބަލައިގަތުމަށް ނިންމުން

އިޢުލާން 

 ރަތަފަންދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 48 ވަނަ އާންމު ޖަލްސާއިން ވަނީ 2024 ވަނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން ކައުންސިލްއަށް ބަލައިގަންނަ ފައިސާ އިންޓަރނެޓް ބޭންކިންގް އަދި ޕީ.އޯ.އެސް މެދުވެރިކޮށް ބަލައިގަތުމަށް ނިންމާފައިއެވެ.

 އަދި ކައުންސިލްއިން ފާސްކޮށްފައިވާ ”ރަތަފަންދޫ ކައުންސިލްއަށް ދައްކާ ފީތަކާއި ފައިސާ އިންޓަރނެޓް ބޭންކިންގް އަދި ޕީ.އޯ.އެސް މެދުވެރިކޮށް ބަލައިގަތުމާއި އަމަލުކުރާގޮތުގެ އުޞޫލު" މި އިއުލާނާއި އެކު އެއްހީރަސް ކުރީމެވެ.

މިހެންވެ މިކަންޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

02 ޖަނަވަރީ 2024