ކުއްޔަށް ދިނުން
ނަންބަރު: (IUL)284-ED/284/2024/2
ޕަބްލިޝްކުރި ތާރީޚް: 02 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 13:04
ސުންގަޑި:
11 ޖަނަވަރީ 2024 00:00
މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
1. ށ. މިލަންދޫ މާކޯ ސަރަޙައްދުވައިވާ ރައްޔިތުންގެ ރުއްގަސް ކުއްޔަށް ހިފާނެފަރާތެއް ހޯދުން
ބީލަން ހުށައެޅުމުގެ ދަޢުވަތު
- ށ. މިލަންދޫ މާކޯ ސަރަޙައްދުވައިވާ ރައްޔިތުންގެ ރުއްގަސް ކުއްޔަށް ހިފާނެފަރާތެއް ހޯދަން ބޭނުންވެއެވެ.
- މިބީލަމުގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓްރީވުމަށް މިއިދާރާއިން ދޫކުރާ "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމަށް ފަހު 2024 ޖެނުއަރީ 7 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުމުން ނުވަތަ esms@milandhoo.gov.mv އަށް މެއިލްކުރެއްވުމުން ރަޖިސްޓްރީކޮށް ދެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަޤީންކުރަންވާނީ ރަޖިސްޓްރީވި ކަމުގެ ސްލިޕް ލިބިލެއްވުމުންނެވެ.
- ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2024 ޖެނުއަރީ 11 ވާ ބުރާސްފަތި ދުވަހުގެ 13:30ގައި މިއިދާރާގެ މީޓިންގް ރޫމްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަން ހުށަހަޅާ ދުވަހަކީ ސަރުކާރު ބަންދުދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ ދެން ބީލަންތައް ބަލައިގަންނާނީ ޖެހިގެންއަންނަ ރަސްމީދުވަހު 13:30 ގައެވެ.
- މިބީލަމުގައި ރަޖިސްޓްރީވި ފަރާތްތަކަށް މަޢުލޫމާތު ކަރުދާސް މެއިލްކޮށްދެވޭނެއެވެ.
02 ޖަނަވަރީ 2024