ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-IMS/468/2024/10
ޕަބްލިޝްކުރި ތާރީޚް: 13 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 09:37
ސުންގަޑި: 01 ފެބުރުވަރީ 2024 13:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް ފުރުޞަތު ހުޅުވާލުން

ފަޤީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް ފުރުޞަތު ހުޅުވާލުން

 

          1445 ވަނަ އަހަރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެކުލަވާލައިފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު 14 ޖަނަވަރީ 2024 އިން 01 ފެބްރުއަރީ 2024 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

 މިކަމަށް އެދި ހުށަހަޅާ ފޯމް ދޫކުރުމާއި ބަލައިގަތުން މި އިދާރާ (ކުރީގެ ރަށު އޮފީސް ހިނގަމުންއައި ޢިމާރާތުގައިވާ  ފްރޮންޓް އޮފީހުން) ކުރިއަށްދާނެ ވާހަކަ ދެންނެވީމެވެ. އަދި ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ވެބްސައިޓް www.islamicaffairs.gov.mv އިންނާއި ފުވައްމުލައް ސިޓީ ކައުންސިލްގެ ވެބްސައިޓް https://fuvahmulah.gov.mv/ އިންވެސް ލިބެން ހުންނާނެއެވެ.

 

 

                                       01 ރަޖަބު 1445

                                       13 ޖަނަވަރީ 2024

13 ޖަނަވަރީ 2024