ދިވެހިރާއްޖެ
ރަށުގެ އިޖްތިމާއީ ސަރަޙައްދުތަކުގައި ޖަހާފައިވާ ބައްދިތައް ދިއްލާ މަރާމާތުކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިކޮންޓްރެކްޓަރާ ގުޅިގެން ކުރަންޖެހޭ މަސައްކަތުގެ ތަފްޞީލް ތިރީގައި މިވަނީއެވެ.
1 . ރަށުގެ އިޖްތިމާޢީ ސަރަޙައްދުގައި ޖަހާފައިވާ ބައްތިތައް ކޮންމެރެއަކު 1 ފަހަރު ދިއްލޭތޯ ބެލުން
2 . މައްސަލަޖެހޭ ބައްތިތައް ވީހާއަވަހަކަށް ( ގިނަވެގެން 24 ގަޑިއިރުގެ ތެރޭގައި ) އެމައްސަލައެއް ޙައްލުކުރުމަށް މަސައްކަތް ކުރުން .
3 މަރާމާތްކުރެވޭ ބައްތިތަކުގެ މަޢުލޫމާތު ކޮންމެ ދުވަހަކުވެސް ކައުންސިލަށް އެންގުން .
4 . މަގުމަތީބައްތިއެއް ނުދިއްލިގެން ނުވަތަ އެނޫންވެސް ކަމެއް ދިމާވެގެން ކައުންސިލުން ގުޅާ އަވަސްޙައްލަކަށް އެދިއްޖެނަމަ ވީއެންމެ އަވަހަކަށް އެމައްސަލައަކަށް އެޓެންޑްވެ މައްސަލަ ޙައްލުކުރުމަށް މަސައްކަތް ކުރުން .
ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ، 31 ޖަނަވަރީ 2024 ވާ ބުދަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ އޭފޯބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެބޭރުގައި" އިޖްތިމާޢީ ސަރަޙައްދު ދިއްލުމުގެ މަސައްކަތަށް އެދި " މިހެން ލިޔެފައި އޮންނަން ވާނެއެވެ. މި ކަމަށް ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރިއެއް ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި ، ޕާރޓްނަރޝިޕް، އަދި ކޯޕަރޭޓިވް ސޮސައިޓީތަކަށާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ. އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކަށް މާރކްސް ދޭނެ ގޮތާއި ، އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ސަމާލުކަން ދެއްވަންވީ މައިގަނޑު ކަންކަން ތިރީގައި މިވަނީއެވެ.
އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކަށް މާރކްސް ދޭނެ ގޮތާއި ، އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ސަމާލުކަން ދެއްވަންވީ މައިގަނޑު ކަންކަން ތިރީގައި މިވަނީއެވެ.
1 މާރކްސް ދެވޭނެ ގޮތުގެ ތަފްޞީލް
މާރކްސް ދެވޭ ކްރައިޓީރިޔާ |
މާކްސްދެވޭ މިންގަނޑު |
ތަފްޞިލް |
ފޯރމިއުލަރ |
އަގު |
100% |
v އަގަށް ދެވޭ މާރކްސް v މާރކްސް ދެވޭނީ މިއިދާރާގެ ޓެކްނިކަލް އިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާރކެއް ކަމުގައިބަލައިގެން ކްރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާއަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. v މިގޮތުން އެންމެ ގިނަ މާރކްސް ދެވޭނީ އެންމެ ކުޑަ އަގަށެވެ. |
Benchmark price/Submitted price x Allocated percentage |
2 ސަމާލުކަންދޭންވީ ކަންތައްތައް
1 ތިރީގައިވާ މަރުހަލާތައް ފުރިހަމަ ނުކުރައްވާ ފަރާތްތަކުގެ އަގުތައް ބަލައިނުގަނެވޭނެއެވެ.
v މަޢުލޫމާތު ފުރިހަމަ ނުވާ ފަރާތްތަކުގެ އަގުތައް
v އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އަގުތައް
2 ހުށަހެޅިފައިވާ އެސްޓިމޭޓް ބާޠިލްވާ މުއްދަތު މަދުވެގެން 30 ދުވަހަށް ވާންވާނެއެވެ.
3 އަގާއެކު ހުށަހަޅަންޖެހޭ ތަކެތި
1 އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑުގެ ޞައްޙަ ކޮޕީ
2 ކުންފުންޏެއް ނަމަ ކުންފުނީގެ ރަޖިސްޓްރީއާއި ، އެންމެ ފަހުގެ އޮޑިޓް ފައިނޭންޝަލް ރިޕޯޓް
3 އަމިއްލަ ފަރުދެއްނަމަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ
4 އިތުރުމަޢުލޫމާތު ސާފްކުރެއްވުމަށް ގުޅުއްވާނީ :
ފޯންނަމްބަރ : 6600005
ފެކްސް ނަމްބަރ : 6600005
އީ . މެއިލް : info@baagoidhoo.gov.mv
މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.