ދިވެހިރާއްޖެ
އިއުލާން
ސަންސިޔާމް މީޑިއާއިން އިސްރަށްވެހިންނަށް ހާއްސަކޮށް ބާއްވާ ޤުރްއާން މުބާރާތާއި ގުޅޭ
އެސްއެސްޓީވީން މިއަހަރުގެ ރަމަޟާން މަހު ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ އިސްރަށްވެހިންގެ ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލެވިފައެވެ. މި މުބާރާތަކީ އޮންލައިންކޮށް ވީޑިއޯ މެދުވެރިކޮށް ކުރިއަށްގެންދާ މުބާރާތެކެވެ. މި މުބާރާތުގެ އެއްވަނައަށް އުމްރާ ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އެހެންކަމުން، މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ތިރީގައިވާގޮތަށް އެސްއެމްއެސް ކުރެއްވުމަށް އެސްއެސްޓީވީން އެދެއެވެ. އެސްއެމްއެސް ކުރުމުން އިތުރު މަޢުލޫމާތު އެސްއެސްޓީވީން ފޯރުކޮށްދޭނެއެވެ.
IR (Space) Name,Age,Island (Send to) 2747
12 ރަޖަބު 1445
24 ޖަނަވަރީ 2024