ކުއްޔަށް ދިނުން
ނަންބަރު: (IUL)286-MP/286/2024/16
ޕަބްލިޝްކުރި ތާރީޚް: 31 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 13:46
ސުންގަޑި: 19 ފެބުރުވަރީ 2024 13:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގްރީން ހާރޓް ކެފޭ މިހާރު ހިންގަމުންދާ ބިމާއި އިމާރަތް ކުއްޔަށް ދޫކުރުމާއި ގުޅޭ

ނ. ކެނދިކުޅުދޫ ގްރީން ހާރޓް މިހާރު ހިންގަމުންދާ ބިމާއި އިމާރާތް ކުއްޔަށް ދޫކުރުމަށް އިޢުލާނު ކުރަމެވެ. ވީމާ މިދެންނެވި ސަރަޙައްދުގައި ކޮމާޝިއަލް ބޭނުންތަކަށް ވިޔަފާރިކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.

މި އިޢުލާނަށް ބީލަން ހުށަހެޅުއްވޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރާތްތަކަށް އެކަންޏެވެ.  

ނަން ނޯޓް ކުރުން/ ރަޖިސްޓްރޭޝަން

  • ބިޑުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން،  08 ފެބްރުއަރީ 2024  ވާ ބުރާސްފަތި ދުވަހު  14:00 ގެ ކުރިން ތިރީގައިވާ ލިންކުގައި ތައްޔާރުކުރެވިފައިވާ ގޫގުލް ފޯމް ފުރިހަމަ ކުރަންވާނެއެވެ.  ބިޑުގައި ރަޖިސްޓަރީވާ ފަރާތްތައް ފިޔަވާ އެހެން އެއްވެސް ފަރާތަކަށް ބިޑު ހުށައެއްނޭޅޭނެއެވެ.
  • https://forms.office.com/r/G5uPv9AuKG

 

  • ބިން ނަންބަރު 286-G13  ޚާއްސަ ކުރެވިފައިވަނީ ކޮމާޝިއަލް ވިޔަފާރިއަށެވެ.

 

ޕުރީބިޑު މީޓިންގ / މަޢުލޫމާތު ސާފުކުރުން

  • މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުމެއް 12 ފެބްރުއަރީ 2024 ވާ ހޯމަ ދުވަހުގެ 11:00 ގައި، ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
  • ބިޑް / ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން، މި ބައްދަލުވުމުގައި ބައިވެރިވުން ލާޒިމެއް ނުވާނެއެވެ.
  • މަޢުލޫމާތު ސާފުކުރަން ޙާޟިރު ނުވެވޭ ފަރާތްތަކަށް، ބަދަލުގައި މީހަކު ފޮނުވިދާނެއެވެ.
  • ބަދަލުގައި ފޮނުވާ ފަރާތުގެ މަޢުލޫމާތު (ފުރިހަމަ ނަމާއި، އައިޑީ ކާޑު ނަންބަރާއި، ގުޅޭނެ ނަންބަރު)  އިނގޭނެ ގޮތަށް ސިޓީއެއް ގެންނަވާނެއެވެ.

ބިޑު (އަންދާސީ ހިސާބު) ހުށަހެޅުން

  • ބިޑް / ޕްރޮޕޯސަލް ހުޅުވުން އޮންނާނީ  19 ފެބުރުއަރީ 2024 ވާ ހޯމަ ދުވަހުގެ 13:00 ގައި ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
  • ބިޑް / ޕްރޮޕޯސަލް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
  • ނަންނޯޓު ނުކުރާ ފަރާތްތަކާއި، ގަޑިޖެހިގެން ބިޑުހުށައަޅަން ވަޑައިގަންނަވާ ބޭފުޅުންނަށް ބިޑު ހުށައެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.
  • މިބިމާއި އިމާރާތް ކުއްޔަށް ހުށަހެޅޭނެ އެންމެ ދަށް އަގަކީ -/3500 (ތިންހާސް ފަސްސަތޭކަ ރުފިޔާ) އެވެ.

މާކްސް ދިނުން

  • ·      ބިމުގެ ކުލީގެ ގޮތުގައި ހުށަހަޅާ އަގަށް %60 (ފަސްދޮޅަސް ޕަސަންޓް)

-          ބިމުކުލީގެ ގޮތުގައި ހުށަހަޅާފައިވާ ޖުމުލަ އަގަށް 50%              

-          ބިމުކުލީގެ ގޮތުގައި ހުށަހަޅާފައިވާ އަގަށް ގެންނަ ބަދަލުގެ އިންސައްތައަށް   10%

 

  • ·      ހުށަހަޅާ ޕްރޮޕޯސަލްއަށް   %40 (ސާޅިސް ޕަސަންޓް)

ޕްރޮޕޯސަލްއިވެލުއޭޓްކުރުމުގައިބެލޭނެކަންކަމާއިޕޮއިންޓްދެވޭނެގޮތް (40 އިންސައްތަ ބެހިފައިވާ ގޮތް)

-          ޙިދުމަތް ދިނުމަށް ފަށާނެ މުއްދަތު            5%

-          ޙިދުމަތުގެ މުއްދަތަށް                   %5

-          ވަޒީފާ އުފައްދާ މިންވަރު - 15%               

-          ތަޖުރިބާ- 15%                                   

އިތުރު މަޢުލޫމާތު:

  • އެކަށީގެންވާ އަދަދަށް ބިޑު ލިބިފައި ނުވާނަމަ  އަދި ހުށަހަޅާފައިވާ ބިޑްތަކުގެ އަގާއި މުއްދަތު އެކަށީގެންނުވާނަމަ މި އިޢުލާނު ބާޠިލްކުރުމުގެ އިޚްތިޔާރު ނ. ކެނދިކުޅުދޫ ކައުންސިލަށް ލިބިގެން ވެއެވެ.

-          ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ

-          ނ. ކެނދިކުޅުދޫ، ދިވެހިރާއްޖެ،

-          ފޯން: 6560013 ނުވަތަ 6560663 (ރަސްމީ ގަޑީގައި)

-          އީމެއިލް: projects@kendhikulhudhoo.gov.mv

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

20  ރަޖަބު  1445

31  ޖަނަވަރީ 2024

31 ޖަނަވަރީ 2024