ކުއްޔަށް ދިނުން
ނަންބަރު: (IUL)286-MP/286/2024/2
ޕަބްލިޝްކުރި ތާރީޚް: 31 ޖަނަވަރީ 2024
ޕަބްލިޝްކުރި ގަޑި: 14:53
ސުންގަޑި: 20 ފެބުރުވަރީ 2024 13:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. ކެނދިކުޅުދޫ ސްޓޭޑިއަމް ސަރަޙައްދުގައި ގުދަން ހެދުމަށް ބިން ކުއްޔަށް ދޫކުރުން

ނ. ކެނދިކުޅުދޫ ސްޓޭޑިއަމް ހިމެނޭ ސަރަހައްދުގެ، އުތުރުފަރާތު ފާރާއި އިންވެގެން (ކުރެހުމުގައި ފާހަގަ ކުރެވިފައި) އޮތް 1000 އަކަފޫޓުގެ 2 ބިން ކުއްޔަށް ދިނުމަށްޓަކައި ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. އެހެންކަމުން މިދެންނެވި ސަރަޙައްދުގައި ގުދަން ހެދުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މި އިޢުލާނަށް ބީލަން ހުށަހެޅުއްވޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

 

ނަން ނޯޓް ކުރުން / ރަޖިސްޓްރޭޝަން

  • ބިޑުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން،  08 ފެބުރުއަރީ 2024 ވާ ބުރާސްފަތި ދުވަހު  00:14 ގެ ކުރިން ތިރީގައިވާ ލިންކުގައި ތައްޔާރުކުރެވިފައިވާ ގޫގުލް ފޯމް ފުރިހަމަ ކުރަންވާނެއެވެ.  ބިޑުގައި ރަޖިސްޓަރީނުވާ ފަރާތްތައް ބިޑު ހުށައެއްނޭޅޭނެއެވެ.
  • https://forms.office.com/r/AghyHgyh6Y
  • ބިން ނަންބަރު WS-002 ޚާއްސަ ކުރެވިފައިވަނީ ގުދަނެއް ހެދުމަށެވެ.
  • ބިން ނަންބަރު WS-003 ޚާއްސަ ކުރެވިފައިވަނީ ގުދަނެއް ހެދުމަށެވެ.

 

ޕްރީބިޑު މީޓިންގ / މަޢުލޫމާތު ސާފުކުރުން

  • މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުމެއް 12 ފެބުރުއަރީ 2024 ވާ ހޯމަ ދުވަހުގެ 13:00 ގައި، ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
  • ބިޑް / ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން، މި ބައްދަލުވުމުގައި ބައިވެރިވުން ލާޒިމެއް ނުވާނެއެވެ.
  • ރަޖީސްޓްރީވުމަށްފަހު، މަޢުލޫމާތު ސާފުކުރަން ޙާޟިރު ނުވެވޭ ފަރާތްތަކަށް، ބަދަލުގައި މީހަކު ފޮނުވިދާނެއެވެ.
  • ބަދަލުގައި ފޮނުވާ ފަރާތުގެ މަޢުލޫމާތު (ފުރިހަމަ ނަމާއި، އައިޑީ ކާޑު ނަންބަރާއި، ގުޅޭނެ ނަންބަރު)  އިނގޭނެ ގޮތަށް ސިޓީއެއް ގެންނަވާނެއެވެ.

ބިޑު (އަންދާސީ ހިސާބު) ހުށަހެޅުން

  • ބިޑް / ޕްރޮޕޯސަލް ހުޅުވުން އޮންނާނީ  20 ފެބުރުއަރީ 2024 ވާ އަންގާރަ ދުވަހުގެ 13:00 ގައި ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
  • ބިޑް / ޕްރޮޕޯސަލްތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
  • ބިޑް / ޕްރޮޕޯސަލްތައް އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. މިގޮތުން ފޮނުވާ އީމެއިލް ތަކުގެ ސަބްޖެކްޓްގައި އިޢުލާނު ނަންބަރު ޖެހިފައި ހުންނަށްވާނެއެވެ. މެއިލް ކުރަށްވާނީ projects@kendhikulhudhoo.gov.mv އަށެވެ.
  • ނަންނޯޓު ނުކުރާ ފަރާތްތަކާއި، ގަޑިޖެހިގެން ބިޑުހުށައަޅަން ވަޑައިގަންނަވާ ބޭފުޅުންނަށް ބިޑު ހުށައެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމަވެ.
  • ކެނދިކުޅުދޫ  ފުޓްބޯޅަ  ސްޓޭޑިއަމް  ސަރަހައްދުން  ބިންދޫކުރުމުގައި  އަކަފޫޓަކަށް ޖެހޭނެ އެއްމެ ދަށް އަގަކީ އަކަފޫޓަކަށް 60 (ފަސްދޮޅަސް) ލާރިއެވެ.

މާކްސް ދިނުން

  • ބިމުގެ ކުލީގެ ގޮތުގައި ހުށަހަޅާ އަގަށް %60 (ފަސްދޮޅަސް ޕަސަންޓް)
  • ހުށަހަޅާ ޕްރޮޕޯޒަލްއަށް %40 (ސާޅީސް ޕަސަންޓް)

ޕްރޮޕޯޒަލްއިވެލުއޭޓްކުރުމުގައިބެލޭނެކަންކަމާއިޕޮއިންޓްދެވޭނެގޮތް (40 އިންސައްތަ ބެހިފައިވާ ގޮތް)

-          ޙިދުމަތުގެ މުއްދަތަށް                  %5

-          ތަޖުރިބާ                         %5

-          ޙިދުމަތް ދިނުމަށް ފަށާނެ މުއްދަތު           10%

-          އަގަށް ބަދަލު ގެންނަ މުއްދަތައް           

-          ވަޒީފާ އުފައްދާ މިންވަރު               

އިތުރު މަޢުލޫމާތު:

  • އެކަށީގެންވާ އަދަދަށް ބިޑު ލިބިފައި ނުވާނަމަ، އަދި ހުށަހަޅާފައިވާ ބިޑްތަކުގެ އަގާއި މުއްދަތު އެކަށީގެންނުވާނަމަ މި އިޢުލާނު ބާޠިލްކުރުމުގެ އިޚްތިޔާރު މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލް އިދާރާއަށް ލިބިގެން ވެއެވެ.

-          ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ

-          ނ. ކެނދިކުޅުދޫ، ދިވެހިރާއްޖެ،

-          ފޯން: 6560013 ނުވަތަ 6560663 (ރަސްމީ ގަޑީގައި)

-          އީމެއިލް: projects@kendhikulhudhoo.gov.mv

 

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

20  ރަޖަބު   1445

31  ޖަނަވަރީ  2024

31 ޖަނަވަރީ 2024