ކުއްޔަށް ދިނުން
ނަންބަރު: (IUL)414/414/2024/26
ޕަބްލިޝްކުރި ތާރީޚް: 05 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 11:10
ސުންގަޑި: 13 ފެބުރުވަރީ 2024 13:00
ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮންސްޓްރަކްޝަން މަސައްކަތްކުރުމަށް ބިން ދޫކުރުމާއިގުޅޭ

ކޮންސްޓްރަކްޝަން މަސައްކަތްކުރުމަށް ބިން ދޫކުރުމާއިގުޅޭ

                މިކައުންސިލް އިދާރާއިން ވިޔަފާރި ބިމުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކުން 10 އަހަރުގެ މުއްދަތަށް ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ބިމެއް ދޫކުރުމަށްވަނީ ނިންމާފައެވެ. އެހެންކަމުން މި ބިމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ.

 

ބިމުގެ ކެޓަގަރީ

ތަފްސީލް

ބިމުގެ އަދަދު

ބިމުގެ ބޮޑުމިން

(1)    ކޮންސްޓްރަކްޝަން

01

1000 އާއި 1500 އަކަފޫޓު

 

 

މާކުސް ދެވޭ މިންގަނޑު:

#

ތަފްސީލް

މާކުސް

1

އެންމެމަތީ އަގުހުށަހަޅާ ފަރާތްތަކަށް.

މިގޮތުން އަގު ހުށަހަޅަންވާނީ ކޮންމެ ބިމެއް ވަކިވަކިންނެވެ.

40

2

ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ތެރެއިން އެއްފަހަރާ އެޑްވާންސްކޮށް އެ ބިމަކަށް އެންމެ ގިނަ ފައިސާ ދިނުމަށް ހުށަހަޅާ ފަރާތް. މިގޮތުން އެފަރާތްތަކުން ދައްކާފައިސާ ކުލިން ކެނޑޭނެއެވެ.

20

3

އިޖްތިމާއީ ކަންކަމަށް އެހީތެރިވެދޭ މިންވަރަށް.

10

4

-          ކޮންސްޓްރަކްޝަން މަސައްކަތްކުރާ ފަރާތްތަކަށް އެކަމަށް ކަނޑައެޅިފައިވާ ބިމުން އެ މަސައްކަތުގެ ތަޖުރިބާއަށް ބެލުމަށްފަހު ތަޖުރިބާގެ މުއްދަތަށް. (10 މާކުސް) މިގޮތުން އެމަސައްކަތް ކުރާކަމުގެ ލިޔުން ބިޑާއިއެކު އެފަރާތްތަކުން ޙުށަހަޅަންވާނެއެވެ.

10

5

ޕްރޮޖަކްޓަށް ޚަރަދު ކުރުމަށް ރާވާފައިވާ ފައިސާގެ މިންވަރަށާއި އެފައިސާ ޚަރަދު ކުރުމަށް ރާވާފައިވާ މުއްދަތު. މިގޮތުން މިކަން ޔަގީންކުރުމަށްޓަކައި އެކުންފުނީގެ ނުވަތަ އެފަރާތެއްގެ 1 އަހަރު ދުވަހު ބެންކް ސްޓޭޓްމަންޓް، ނުވަތަ އެފަދަ ލިޔުންތައް ހުށަހެޅުން

10

6

ޕްރޮޖަކްޓު ނިންމާ އެބިންތަކުން ރައްޔިތުންނަށް ޚިދުމަތް ދޭން ހުށަހަޅާ އަވަސް މުއްދަތަށް

10

 

         ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 13 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހު 13:00 ށް އަގު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

އަގާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

-          މާކުސް ދެވޭނެ ގޮތުގެ ތަފްސީލުގައިވާ ހުރިހާ ލިޔުންތައް

-          ކުންފުންޏެއްގެ ނަމުގައި އަގު ހުށަހަޅާނަމަ ކުންފުނީގެ ޕްރޮފައިލް އަދި ރަޖިސްޓްރީ ސެޓްފިކެޓް، ޖީއެސްޓީ ސެޓްފިކެޓުގެ ކޮޕީ.

-          އަމިއްލަ ފަރުދެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

ނޯޓް: ކޮންސްޓްރަކްޝަން މަސައްކަތަށް ބިން ކުޔަށް ދޫކުރާ ސަރަހައްދުތައް ހިމެނޭ ރަށުގެ ޗާޓެއް މިއިއުލާނާއިއެކު ހިމެނިފައިވާނެއެވެ.

މިކަމާއިބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް procurement@kanduhulhudhoo.gov.mv  އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ،6820020 އަށް ގުޅުއްވުން އެދެމެވެ.

05 ފެބުރުވަރީ 2024