ވަޒީފާގެ ފުރުޞަތު
|
މަޤާމު:
|
ސްޓޯ އޮޕަރޭޝަންސް މެނޭޖަރ
|
މުސާރައާއި އެލަވަންސް:
|
- މުސާރަ އަދި އެލަވަންސް: 18،500 އާއި 22،500 އާ ދެމެދު
- ހިޔުމަން ރިސޯސް ޕޮލިސީއާއި އެއްގޮތަށް އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
މަޤާމުގެ މަސްއޫލިއްޔަތުތައް:
|
- ދުވަހުން ދުވަހަށް ފިހާރަ ހިންގުމާއި ފިހާރައިގެ އެންމެހާ މަސައްކަތްތައް ބެލެހެއްޓުން.
- ފިހާރައިގެ މުވައްޒަފުންގެ މެނޭޖްކުރުން. މީގެ ތެރޭގައި މުވައްޒަފުންގެ ފެންވަރު ބަލައި ވަޒަންކުރުމާއި، ފިހާރަ ހުޅުވާ އަދި ލައްޕާ ގަޑިތައް ކަނޑައެޅުމާއި، މުވައްޒަފުންގެ ޑިއުޓީތައް ޝެޑިއުލް ކުރުމާއި، އެފަރާތްތަކުގެ ޒިންމާއާއި މަސްއޫލިއްޔަތުތައް ކަނޑައެޅުން.
- ފިހާރާއިގެ މުވައްޒަފުން އެކުވެރިކަމާއެކު ގުޅިގެން މަސައްކަތްކުރުމުގެ މާހައުލެއް ޤާއިމު ކުރުމާއި ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުވުން.
- ފިހާރައިގެ ސޭލްސް ރަނގަޅަށް ރެކޯޑް ކުރެވެމުންދާކަން ޔަޤީންކޮށް ކަށަވަރު ކުރުމާއި ސޭލްސް ރިޕޯޓްތައް ބެލެހެއްޓުން.
- ފިހާރައިގެ ފައިނޭންޝަލް ރިޕޯޓްތައް ތައްޔާރުކުރުމާއި ވިޔަފާރި އިތުރު ކުރުވޭނެ ފުރުސަތުތައް ދެނެގަތުމާއި އަދި ޚަރަދު ކުޑަ ކުރެވޭނެ ގޮތްތައް ވެސް ދެނެގަތުން.
- ފިހާރައިގެ އިންވެންޓްރީ މެނޭޖްކުރުމާއި އޯޑަރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ހިންގުން.
- ފިހާރައިގެ ސާފުތާހިރުކަން ބެލެހެއްޓުން.
- ފިހާރައިގައި ބެހެއްޓިފައިވާ މުދަލާއި ފިހާރައިން ދެވޭ ޚިދުމަތްތަކާ ބޭހޭގޮތުން ކަސްޓަމަރުން އޮޅުންފިލުވަން ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން.
- ފިހާރައިގެ މުދަލުގެ އިންވެންޓްރީ ބެލެހެއްޓުމާއި ރީ އޯޑާރ ލެވެލްއެއް ގާއިމްކޮށް ހިންގުން.
- ފިހާރައިގެ ބަޖެޓް އެކުލަވާލުމާއި ބަޖެޓް މެނޭޖްކުރުމާއި ފިހާރައިން ދައްކަންޖެހޭ ބިލްތައް ދައްކުމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ކަސްޓަމަރ ލޯޔަލްޓީ އިތުރުކުރުމަށާއި ފިހާރަ އިސްތިހާރުކޮށް މަޝްހޫރު ކުރުމަށްޓަކާ ފިހާރައިގެ މާކެޓިންގ އަދި ޕްރޮމޯޝަނަލް ސްޓްރެޖީސް ހަދާ ސޭލް އިތުރުކުރުމުގެ މަސައްކަތްތައް ރާވާ ހިންގުން.
|
މަޤާމުގެ ޝަރުތުތައް:
|
ތަޢުލީމު:
- ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން އެމް.އެން.ކިޔޫ.އެފް ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން
- ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއަކުން އެމް.އެން.ކިޔޫ.އެފް ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން
މަސައްކަތު ތަޖުރިބާ:
- މަސައްކަތުގެ ދާއިރާގައި މެނޭޖިރިއަލް ލެވެލްގައި މަދުވެގެން 3 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން
- ދިވެހިރާއްޖޭގެ ވިޔަފާރީގެ ޤާނޫންތަކަށާއި ޤަވާއިދުތަކަށް އަހުލުވެރިވެފައިވުން
- ތެދުވެރިކަމާއި، ފަރުވާތެރިކަމާއެކު ރަނގަޅަށް މަސައްކަތްކުރުމުގެ ސިފައާއި މުޢާމަލާތް ކުރުމުގެ ހުނަރު ލިބިފައިވުން
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ލިސްޓް ކުރެވިފައިވާ އެޕްލިކޭޝަންގެ ލިޔުންތައް ހުށަހަޅާނީ ތިރީގައިވާ ގޫގުލް ލިންކް މެދުވެރިކޮށެވެ.
- ގޫގުލް ލިންކް: https://forms.gle/6dZzDHtF31dJZ9rW6
- ވަޒީފާއަށް އެދި ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ފަރާތެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއަކުން ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، އެޕްލިކޭޝަނާއިއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
|
ޝޯޓް ލިސްޓްކުރުން:
|
- މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
މަޤާމަށް އެދެންވީ ސުންގަޑި:
- 15 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން
|
ނޯޓު :
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް ގޫގުލް ފޯމުގައި ހުށަހަޅަންވާނެއެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް އެންގޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
|