ދިވެހިރާއްޖެ
އެސްޓީއޯއިން ވިއްކާ މަކިޓާ ޕަވަރ ޓޫލްސް ވިއްކައިދިނުމުގެ މަސައްކަތް ކޮށްދޭނެ އޭޖެންޓުން ހޯދުން
އެސްޓީއޯ އިން ވިއްކާ މަކިޓާ ޕަވަރ ޓޫލްސް ، ރާއްޖޭގެ ރަށްރަށުގައި ވިއްކައިދިނުމުގެ މަސައްކަތް ކޮށްދޭނެ އޭޖެންޓުން ހޯދުމަށް އިއުލާން ކުރަމެވެ.
އެޖެންޓުން ނެގުމަށް މިވަގުތު ހަމަޖެހިފައިވަނީ ތިރީގައި ބަޔާންކުރެވިފައިވައިވާ ރަށްތަކުންނެވެ.
ހއ ދިއްދޫ
ށ ފުނަދޫ، މިލަންދޫ
ނ ވެލިދޫ، މަނަދޫ
ރ ދުވާފަރު، މީދޫ، އަލިފުށި، އުނގޫފާރު
ބ ތުޅާދޫ
ޅ ނައިފަރު، ހިންނަވަރު
ކ ކާށިދޫ، ހިންމަފުށި، ގުޅި، ތުލުސްދޫ
އއ ރަސްދޫ، ތޮއްޑޫ
އދ މަހިބަދޫ، މާމިގިލި
ވ ކެޔޮދޫ
މ މުލަށް، ދިއްގަރު، މުލި
ފ ނިލަންދޫ
ދ ކުޑަހުވަދޫ، މީދޫ
ތ ތިމަރަފުށި، ވިލުފުށި
ލ އިސްދޫ، މާވަށް
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.
* ކުރަންޖެހޭ މަސައްކަތް: އެސް.ޓީ.އޯ އިން ވިއްކާ މަކިޓާ ޕަވަރ ޓޫލްސްގެ ބާވަތްތައް ކަނޑައެޅިފައިވާ ރަށްތަކުގައި ވިއްކުމުގެ ޚިދުމަތް ދިނުން
* ކޮންމެ ރަށަކުން ނެގުމަށް ހަމަޖެހިފައި ވަނީ (02) އޭޖެންޓެވެ.
* އޭޖެންޓުގެ ގޮތުގައި އައްޔަންކުރެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމާއިބެހޭ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީ ކޮށްފައިވާ ޖެނެރަލް ކޮންސްޓްރަކްޝަން މުދާ ވިއްކާ، އަދި ހާޑްވެއަރ ޝޯވރޫމެއް ނުވަތަ ފިހާރައެއް ހުންނަ ފަރާތްތަކަށެވެ.
* އެޖެންޓަކަށް ވުމަށް އެދިލައްވާ ފަރާތްތަކުން، 14 މާރޗް 2024 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެސް މެދުވެރިކޮށް އެޕްލިކޭޝަންފޯމް ހުށަހަޅަންވާނެއެވެ.
makita@sto.mv
* އެޖެންޓަކަށް ވުމަށް އެދި ހުށަހަޅާ ފޯމް އެސްޓީއޯ މަކިޓާ ޝޯރޫމް (ސީޓްރެކް ބިލްޑިނގް) އިން ލިބޭނެއެވެ.
މީގެ އިތުރުން އެސްޓީއޯގެ ވެބްސައިޓް އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.
* ފޯމް ހުށަހަޅާއިރު، އެޖެންޓަކަށް ވުމަށް އެދިލައްވާ ރަށުގެ ނަން ހިމަނަންވާނެއެވެ. އަދި ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެ އެވެ
* އިތުރު މައުލޫމާތު ސާފުކުރެއްވުމަށް : މަކިޓާ ހޮޓްލައިން 7980240