ދިވެހިރާއްޖެ
އަންދާސީހިސާބުބޭނުންވެއްޖެ.
ކަމޭވާ ބްރޭންޑްގެ ޖެޓެއް މަރާމާތުކުރުމަށް ބޭނުންވާ ސްޕެއަރ ޕާޓްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މިއިޢުލާނާއެކު ޝާޢިއުކޮށްފައިވާނެއެވެ. މިމަޢުލޫމާތު ޝީޓަށް އެއްވެސް ބަދަލެއް މި ވުޒާރާގެ ފަރާތުން ގެންނަނަމަ އެބަދަލެއް ހިމެނޭ މަޢުލޫމާތު ޝީޓް މި ވުޒާރާގެ ވެބްސައިޓްގައި ޝާޢިއުކުރެވޭނެއެވެ. ވީމާ، މިއިޢުލާނައި ގުޅިގެން އަންދާސީހިސާބު ހުށަހެޅުއްވުމުގެ ކުރިން، މިކަމާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު މިވެބްސައިޓް މެދުވެރިކޮށް ހޯއްދެވުންއެދެމެވެ. މިމަސައްކަތާއި ގުޅޭ ގޮތުން އެއްވެސް މަޢުލޫމާތެއް އޮޅުންފިލުއްވުމަށް ބޭނުންފުޅުވާނަމަ ތިރީގައިވާ އީމެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވައިދެއްވުންއެދެމެވެ.
މިކަމަށް އަންދާސީހިސާބު ހުށަހަޅުއްވާނީ 20 ފެބްރުވަރީ 2023 ވަނަ ދުވަހުގެ 13:00 އަށް މި ވުޒާރާއަށް ހާޟިރުވެއެވެ. އަންދާސީހިސާބާއެކު ބިޑް ސެކިއުރިޓީގެ ގޮތުގައި 500.00ރ (ފަސް ސަތޭކަ ރުފިޔާ) ގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅުއްވަން ޖެހޭނެއެވެ. ބިޑް ސެކުރިޓީގެ މުއްދަތަކީ 19 ފެބްރުވަރީ 2024 ވަނަ ދުވަހުން ފަށައިގެން 90 (ނުވަދިހަ) ދުވަހެވެ. ބިޑް ސެކިއުރިޓީ އާއި ގުޅޭ އިތުރު މަޢުލޫމާތު މިކަމަށް ތައްޔާރުކޮށްފައިވާ މަޢުލޫމާތު ޝީޓްގައި ހިމަނާފައިވާނެއެވެ.
- އީމެއިލް އެޑްރެސް: tender@defence.gov.mv
- ފޯން: 3327881 (ރަސްމީ ދުވަސް ދުވަހު 09:00 – 13:00)
- ވެބްސައިޓް: https://bit.ly/3m9zDGW
3 ޝަޢްބާން 1445
13 ފެބްރުއަރީ 2024