ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-LMS/468/2024/39
ޕަބްލިޝްކުރި ތާރީޚް: 15 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 10:59
ސުންގަޑި:
22 ފެބުރުވަރީ 2024 12:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމާއި ގުޅޭ:
ފުވައްމުލަކު މާލެގަން އަވަށު އަރުބަގެ ގޯތީގެ އިރުމަތީ ފަރާތުގައިވާ ހުސްބިމުގައި ނަންބަރު 01، 02 އަދި 09 ޖަހާފައިވާ ފެންފޯއް ރުއްތަކާއި ނަންބަރު 03، 04، 05، 06، 07 އަދި 08 ޖަހާފައިވާ އަނބުގަސްތަކުގެ ވެރި ފަރާތް ހޯދަން ބޭނުންވެއެވެ.
ވީމާ، މިރުއްގަހުގެ ވެރިފަރާތުން 22 ފެބުރުވަރީ 2024 ވާ ބުރާސްފަތި ދުވަހު 12:00ގެ ކުރިން އެރުއްގަހަކީ ރަޖިސްޓްރީ ކުރެވިފައި ނުވަތަ ކަމާއިބެހޭ ފަރާތުގެ ހުއްދައާއިއެކު އިންދާފައިވާ ރުއްގަސްތަކެއްކަން އެނގޭނެ ލިއުމަކާއިއެކު މިއޮފީހަށް ހުށަހެޅުއްވުން އެދެމެވެ.
15 ފެބުރުވަރީ 2024