ބީލަން
ނަންބަރު: GS212/IUL/2024/02
ޕަބްލިޝްކުރި ތާރީޚް: 21 ފެބުރުވަރީ 2024
ޕަބްލިޝްކުރި ގަޑި: 12:21
ސުންގަޑި:
27 ފެބުރުވަރީ 2024 13:00
އަލްމަދްރަސަތުލް މުނައްވަރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2024 ވަނަ އަހަރު މިސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން ބީލަން ހުށައެޅުމުގެ ދަޢުވަތު
- 2024 އަހަރު މި ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. މި ބީލަމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2024 ފެބުރުވަރީ 21 ން އިން 2024 ފެބުރުވަރީ 27 ވާ އަންގާރަ ދުވަހުގެ 13:00 ގެ ނިޔަލަށް ރަސްމީގަޑީގައި މިސްކޫލަށް ވަޑައިގެން ނުވަތަ ތިރީގައިވާ މިސްކޫލްގެ އީމެއިލް އެޑްރެހަށް އީމެއިލް ކުރައްވައިގެން ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވާ ފަރާތްތަކަށެވެ. އީމެއިލް ޒަރިއްޔާއިން ރަޖިސްޓްރީ ކުރައްވާނަމަ ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 ފެބުރުވަރީ 26 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2024 ފެބުރުވަރީ 28 ވާ ބުދަ ދުވަހުގެ 13:00 ގައި މިސްކޫލްގައެވެ.
- މިޕްރޮޖެކްޓާއި ގުޅޭ ބީލަންފޮތް އިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެއެވެ.
އަލްމަދަރަސަތުލް މުނައްވަރާ
ށ.މަރޮށި، ދިވެހިރާއްޖެ.
ފޯން: 6540508
އީ-މެއިލް: admin@munavvara.edu.mv
އެހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
21 ފެބުރުވަރީ 2024