ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މި ކައުންސިލްގެ އެކިކަހަލަ މަސައްކަތް ދުވަހީގޮތެއްގައި ކުރުމަށް ބޭނުންވާ ލޭބަރުން 1 އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދިނުން – (ދެވަނަ ފަހަރަށް)
މި ކައުންސިލްގެ އެކިކަހަލަ މަސައްކަތް ދުވަހީގޮތެއްގައި ކުރުމަށް ބޭނުންވާ ލޭބަރުން 1 އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މި އިދާރާގެ ނަންބަރު (IUL)321-A/321/2023/252 (06 ޑިސެމްބަރ 2023) އިއުލާނާ ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، 2 ވަނަ ފަހަރަށް މިކަމަށް ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުމަށްފަހު ބީލަން ހުށަހެޅުއްވުން އެދެމެވެ.
- · ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން:
ބީލަން ހުށަހެޅުމަށް 2024 ފެބްރުއަރީ 26 ން 2024 މާރިޗު 4 ވާ ހޯމަ ދުވަހުގެ 13:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކޮށްދިނުމަށް އެދޭ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
"ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކޮށްދިނުމަށް އެދޭ ފޯމް" ގެ ލިންކް: https://forms.office.com/r/YsrsYf5ZTP
- · ޕްރީ ބިޑް މީޓިންގ އޮންނާނެ ތަނާއި ތާރީޚް:
ޢުލާނާއިއެކު ބީލަންފޮތް ގެޒެޓް ކުރެވިފައިވާތީ ޕްރީ ބިޑް މީޓިންގ ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
- · އިތުރު މަޢުލޫމާތު ސާފުކުރުން:
މި ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއް ނުވަތަ މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ 2024 މާރިޗު 05 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އީމެއިލަށް ފޮނުއްވުންއެދެމެވެ. މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
ޕްރޮކިއުމަންޓް ޔުނިޓް
ތުޅާދޫ ކައުންސިލް އިދާރާ / ބ.ތުޅާދޫ
ފޯން: 6600043
އީމެއިލް: info@thulhaadhoo.gov.mv
- · ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން:
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ، 2024 މާރިޗު 07 ވާ ބުރާސްފަތި ދުވަހުގެ 10:15ގައި ތުޅާދޫ ކައުންސިލް އިދާރާގައެވެ.
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.