ވަޒީފާގެ ފުރުޞަތު
|
މަޤާމު:
|
ޝޮޕް އެސިސްޓެންޓް
|
ބޭނުންވާ ޢަދަދު:
|
02 (ދެއެއް)
|
މުސާރައާއި އެލަވަންސް:
|
- މުސާރަ އަދި އެލަވަންސް: މަހަކު 7500 ރުފިޔާ
- ހިޔުމަން ރިސޯސް ޕޮލިސީއާއި އެއްގޮތަށް އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
މަޤާމުގެ މަސްއޫލިއްޔަތުތައް:
|
- ފިހާރައިން ވިއްކާ ތަކެތި ވިއްކުމުގައި ކުރަންޖެހޭ މަސައްކަތް ކުރުން.
- ފިހާރައިގައި ބެހެއްޓިފައިވާ މުދަލާއި ފިހާރައިން ދެވޭ ޚިދުމަތްތަކާ ބޭހޭގޮތުން ކަސްޓަމަރުން މަޢުލޫމާތު ފޯރުކޮށްދިނުން.
- ފިހާރައިގެ ސޭލްސް ރަނގަޅަށް ރެކޯޑް ކުރެވެމުންދާކަން ޔަޤީންކޮށް ކަށަވަރު ކުރުން.
- ހަރުތަކުގައި އެކަށީގެންވާވަރަށް މުދާ ހުރިތޯ ޔަގީންކުރުމާއެކު، މުދާ ވިކެމުންދާ މިންވަރަށް ބަލައި ހަރުތަކުގައި މުދާ ރީސްޓޮކްކުރުން.
- ފިހާރަ އާއި ޕްރިންޓް އޭރިއާގެ ސާފުތާހިރުކަން ބެލެހެއްޓުމުގައި އެހީތެރިވުން.
- ޝިފްޓް ފެށޭގަޑި އަދި ޝިފްޓް ނިމޭގަޑީގައި ސޭލްސް ޓެލީކުރުން.
- ޕްރިންޓް އޭރިޔާއިން ޚިދުމަތް ހޯދުމަށް އަންނަ ކަސްޓަމަރުންނަށް އެހީތެރިވުން.
- ފޮޓޯ ކޮޕީ ނެގުން، ޕްރިންޓްކުރުން، ބައިންޑްކުރުން، ލެމިނޭޓްކުރުން އަދި މިނޫންވެސް ޕްރިންޓް އޭރިޔާއިން ދޭ ޚިދުމަތްތައް ފޯރުކޮށްދިނުން.
- ޕްރިންޓްއޭރިޔާގެ ސޭލްސް ރަނގަޅަށް ރެކޯޑް ކުރެވެމުންދާކަން ޔަޤީންކޮށް ކަށަވަރު ކުރުން.
- ޕްރިންޓް އޭރިޔާގެ އިންވެންޓްރީ ބަލަހައްޓައި ތަކެތި މަދުވާނަމަ ރީސްޓޮކްކުރުން.
|
މަޤާމުގެ ޝަރުތުތައް
|
ތަޢުލީމު:
ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިހާނަކުން 4 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުން ނުވަތަ މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ސެޓްފިކެޓް 03 ގެ ސަނަދެއް ޙާސިލުކޮށްފައިވުން.
ތަޖުރިބާ:
މަސއްކަތާއި ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 01 އަހަރު އުޅެފައިވުން.
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
ހުށަހަޅަންޖެހޭ ލިޔުންތައް:
- ވަޒީފާއަށް އެދި ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއަކުން ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، އެޕްލިކޭޝަނާއިއެކު އެމް.ކިއޫ.އޭގެ
ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
މަޤާމަށް އެދެންވީ ސުންގަޑި:
07 މާރޗް 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގެކުރިން ދީފައިވާ ގޫގުލް ލިންކް މެދުވެރިކޮށެވެ.
|
ނޯޓު :
އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް ގޫގުލް ފޯމުގައި ހުށަހަޅަންވާނެއެވެ.
މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް އެންގޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
|