މަސައްކަތް
ނަންބަރު: 004/2024/GS-95
ޕަބްލިޝްކުރި ތާރީޚް: 04 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 10:19
ސުންގަޑި:
14 މާރިޗު 2024 10:00
ކުރިނބީ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން 2024 (ތާރީޙް އިސްލާޙުކުރެވިފައި)
- ކޮންޓްރެކްޓް އުސޫލުން މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2024 މާރިޗް 4 އިން 2024 މާރިޗް 6 ވަނަ ދުވަހުގެ 13:00 ގެ ކުރިން ސްކޫލް ހޮފީހަށް ދުރުވެ، ނުވަތަ (admin@kurinbeeschool.edu.mv) އަށް މެއިލް ފޮނުވައި ނަންނޯޓް ކުރެއްވުން އެދެމެވެ.
- ބީލަން ހުށައެޅޭނީ މިމުއްދަތުގައި ނަންނޯޓުކުރާ ފަރާތްތަކަށެވެ.
- ނަންނޯޓު ކުރާއިރު ތިރީގައިވާ މައުލޫމާތު ހިމެނުން އެދެމެވެ.
- ކުންފުނި/ފަރާތް
- ކުންފުނި/ފަރާތުގެ ރަޖިސްޓްރީ ނަންބަރ
- ކުންފުނި/ފަރާތުގެ އީމެއިލް އެޑްރެސް
- ކުންފުނި/ފަރާތުގެ މޯބައިލް ނަންބަރ
- މި ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 މާރިޗް 6 ވަނަދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- ބީލަމާގުޅޭގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 7 މާރިޗް 2024 (ބުރާސްފަތި) ދުވަހުގެ 10:00 ގައި ކުރިނބީ ސްކޫލްގައެވެ.
- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2024 މާރިޗް 14 (ބުރާސްފަތި) ދުވަހުގެ 10:00 ގައި ކުރިނބީ ސްކޫލްގައެވެ.
- މި ޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާން އާއެކު އެޓޭޗްކުރެވިފައިވާނެއެވެ.
- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިލައްވާނެއެވެ.
04 މާރިޗު 2024