ދިވެހިރާއްޖެ
އިޢުލާން
1445 ވަނަ އަހަރުގެ ފިތުރުޒަކާތް 02 ރަމަޟާން 1445 (12 މާރޗް 2024) ވާ އަންގާރަ ދުވަހުން ފެށިގެން 18 ރަމަޟާން 1445 ( 28 މާރޗް 2024 ) ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 ން 12:00 އަށް މި އިދާރާއިން ބަލައިގަތުމަށްވަނީ ހަމަޖެހިފައެވެ. އަދި 21 ރަމަޟާން 1445 ( 31 މާރޗް 2024 ) ވާ އާދިއްތަ ދުވަހުން ފެށިގެން 27 ރަމަޟާން 1445 ( 06 އޭޕްރީލް 2024 ) ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ފިތުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އޮންލައިން ޓްރާންސްފަރގެ ގޮތުގައެވެ.
ފައިސާ ދައްކަން ޖެހޭނީ އެމީހަކު އާންމުކޮށް ކައިއުޅޭ ފުށް ނުވަތަ ހަނޑުލުން 2.4 ކިލޯ މިންވަރަށްވާ ފައިސާއެވެ.
- އާދައިގެ ހަނޑުލުންނަމަ މީހަކަށް 12.00 ރުފިޔާ
- ތައިލެންޑް ހުދު ހަނޑުލުންނަމަ މީހަކަށް 70.00 ރުފިޔާ
- ރަތް ހަނޑުލުންނަމަ މީހަކަށް 80.00 ރުފިޔާ
- ބާސްމަތީ އާދައިގެ ހަނޑުލުންނަމަ މީހަކަށް 70.00 ރުފިޔާ
- ބާސްމަތީ މޮޅު ހަނޑުލުންނަމަ މީހަކަށް 100.00 ރުފިޔާ
- ބާސްމަތީ އެންމެމޮޅު ހަނޑުލުންނަމަ މީހަކަށް 125.00 ރުފިޔާ
- އާދައިގެ ފުށުންނަމަ މީހަކަށް 10.00 ރުފިޔާ
- އާޓާފުށުންނަމަ މީހަކަށް 75.00 ރުފިޔާ
ފިތުރުޒަކާތުގެ ފައިސާ ޓްރާންސްފަރ ކުރުމަށް ކައުންސިލްގެ ޚަރަދު 2 އެކައުންޓް ނަންބަރު 7719700427004 އަށް ޖަމާކުރެއްވުމަށްފަހު ސްލިޕް ކައުންސިލްގެ ވައިބަރ ނަންބަރ 7430055 އަށް ފޮނުވައި ދެއްވުން އެދެމެވެ. މި ބަރަކާތްތެރި ރަމަޟާންމަހުގެ މަތިވެރި އަޅުކަމާއި ގުޅިގެން އަޅަމެންގެ މައްޗަށް ވާޖިބުވެގެންވާ މި ޒަކާތް އަދާކުރުމަށް އަވަސްވެ ވަޑައިގެން ކަނޑައެޅިފައިވާ މުއްދަތުގައި ކޮންމެ ފަރާތަކުންވެސް ޒަކާތް ވާޖިބުވާ ސީދާ އަދަދަށް ޒަކާތް ދައްކަވާ ނިންމެވުމަށް ސަމާލުކަން ދެއްވުން އެދެމެވެ.
އިތުރުމަޢުލޫމާތު ސާފްކުރެއްވުމަށް ގުޅުއްވާނީ :
ފޯންނަމްބަރ : 6600005
އީމެއިލް އެޑްރެސް : info@baagoidhoo.gov.mv
މިހެންވެ މިކަން ޢާމުކޮށް އަންގާ އިޢުލާން ކުރީމެވެ.
29 ޝައުބާން 1445