ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
1- މި ސްކޫލުގެ 2023 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާއަށް ބޭނުންވާ ތަކެތި މި ސްކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
2- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 13 މާރިޗު 2024 އިން 20 މާރިޗު 2024 ތިރިގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
3- ލިންކް: https://forms.gle/zp3eNrNeV9R6r8WJ6
4- މި ޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 21 މާރިޗު 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މި ސްކޫލްގައެވެ. މި ބައްދަލުވުމުގައި އިނާމު ދިނުމުގެ ޖަލްސާއަށް ސްކޫލުން ބޭނުންވާ ތަކެތީގެ ނަމޫނާ ދައްކާލެވޭނެއެވެ.
5- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 28 މާރިޗު 2024 ވަނަ ދުވަހުގެ 10:00 ގައި ޖަމާލުއްދީން ސްކޫލް ގައެވެ.
6- މި ޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
7- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޖަމާލުއްދީން ސްކޫލް
ރަށްދެބައި މަގު، މާލެ، ދިވެހިރާއްޖެ.
ފޯން: 3324413
އީ-މެއިލް: budget@jamaluddin.edu.mv