ދިވެހިރާއްޖެ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވި، ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރާ 50 ކައުންސިލު އިދާރާ ހޮވާނެ ގޮތުގެ ކްރައިޓީރިއާ
ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިއުލާނުކުރެއްވި 50 ކައުންސިލު އިދާރާ ކަނޑައެޅުމުގައި ބޭނުންކުރާނެ މިންގަނޑުތަކާއި މާރކްސް ދެވޭނެ ގޮތް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.
ވީމާ، މި ދެންނެވި މިންގަނޑުތަކާއި މާރކްސް ދެވިފައިވާ ގޮތާމެދު އެއްވެސް ކޮމެންޓެއް އޮތް ނަމަ 28 މާރިޗު 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1:00 ގެ ކުރިން info@mclp.gov.mvއަށް މެއިލްކޮށް ދެއްވުން އެދެމެވެ.
# |
މިންގަނޑުތައް |
މާކުސް |
1 |
ރަށުގެ އާބާދީ |
20 |
2 |
ކައުންސިލުންގެ ވަސީލަތް |
20 |
3 |
ޢިމާރާތުގެ ހާލަތު (ޢިމާރާތުގެ އައުބައުމިން) |
20 |
4 |
ކައުންސިލަރުން މަސައްކަތް ކުރާނެ ޖާގަ |
10 |
5 |
މުވައްޒަފުން މަސައްކަތް ކުރާނެ ޖާގަ |
10 |
6 |
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންގެ ޖާގަ |
10 |
7 |
ކަންގަތި އެވޯޑް ލިބިފައިވުން |
10 |