ޢާންމު މަޢުލޫމާތު
ނަންބަރު: GS11-IUL/2024/08
ޕަބްލިޝްކުރި ތާރީޚް: 24 މާރިޗު 2024
ޕަބްލިޝްކުރި ގަޑި: 09:35
ސުންގަޑި: 28 މާރިޗު 2024 10:30
ފ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ފ.އަތޮޅު މަދަރުސާގެ ނަރުދަމާ ނިޒާމު ގުޅާދޭނެ ފަރާތެއް ހޯދުން ( ދެވަނަ ފަހަރު)

މި މަދަރުސާގެ ނަރުދަމާ ނިޒާމު ގުޅާދޭނެ ފަރާތެއް ހޯދުން

  މިމަދަރުސާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މި މަދަރުސާގެ ނަރުދަމާގެ ނިޒާމް ގުޅާދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: GS11-IUL/2024/07 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައި ނުވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ. މި މަސައްކަތަށް ހުށަހެޅޭނެ އެންމެ ބޮޑު އަގަކީ -/52,200 ރުފިޔާ (ފަންސާސް ދެ ހާސް ދުވިސައްތަ ރުފިޔާ) އެވެ.

  ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިދަންނަވާ ތާރީޚުގައި ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމަށް "ބިޑް ރަޖިސްޓްރޭޝަން ގޫގަލް ފޯމް" ފުރިހަމަ ކުރުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމުގައި އޮންލައިންކޮށް  (އީމެއިލް މެދުވެރިކޮށް) ބައިވެރިވެވޭނެ ވާހަކަ ދަންނަވަމެވެ.

  • ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމުގެ މުއްދަތު: 2024 މާރިޗް 24 އިން 27 ވާ ބުދަ ދުވަހު 13:00 އަށް.
  • އަންދާސީ ހިސާބު ހުށަހެޅުއްވުމަށް: 2024 މާރިޗް 28 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:30 އަށް ފ. އަތޮޅުމަދަރުސާ އަށް ދުރުވެދެއްވުން އެދެމެވެ.

  މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ، ޤާނޫނު ނަމްބަރ 2014/18 ( ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކާއި، ޤާނޫނު ނަމްބަރ 2014/19  ( އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

  މިމަސައްކަތަށް ބީލަން ހުށަހެޅޭނީ ކޮންމެ ބޭފުޅަކަށްވެސް 1 (އެކެއް) ފަރާތެއްގެ ނަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ހާޒިރުނުވެވުނު ސަބަބާއި، ފޮނުއްވާ ފަރާތުގެ މަޢުލޫމާތު ބަޔާންކޮށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ސިޓީއެއް ގެންނަންވާނެއެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި ގަޑިޖެހިގެން ގެންނަ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި، ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ. މި މަސައްކަތާ ގުޅޭ ބީލަން ފޮތް މި އިޢުލާނާ އެކު ގެޒެޓް ކުރެވިފައިވާނެއެވެ.

  • ބިޑް ރަޖިސްޓްރޭޝަން ގޫގަލް ފޯމް ލިންކު: https://forms.gle/tRjK4xd8bGF8CvZK8
  • އިތުރު މައުލޫމާތު ހޯދުމަށް ގުޅުއްވާނީ: 7952910
  • މެއިލް ކުރައްވާނީ: admin@fatollschool.edu.mv
24 މާރިޗު 2024