ދިވެހިރާއްޖެ
އެސްޓީއޯ އިން ވިއްކާ އޭސީ ހަރުކޮށްދޭނެ 3 ފަރާތެއް ހޯދަން ބޭނުންވެއްޖެ.
އެސްޓީއޯއިން ވިއްކާ އޭސީ، މި ކުންފުނިން ކަނޑައަޅާ އަގެއްގައި ކޮންޓްރެކްޓް އުސޫލުން ގްރެއިޓަރ މާލެ އޭރިއާ އަދި ރަށް ރަށުގައި އިންސްޓޯލް ކޮށްދޭނެ 3 ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. ވީމާ، ޝައުގުވެރިކަން ހުރިފަޜާތް ތަކުން ތިރީގައިވާ ގޮތަށް ރަޖިސްޓްރީ ކުރައްޥާށެވެ.
- ރަޖިސްޓަރީ ކުރުން:
1.1 ރަޖިސްޓަރީ ކުރަން ބޭނުންވާ ފަރާތްތަކުން 2024 އޭޕްރިލް 01 ވަނަ ދުވަހު 1100ގެ ކުރިން، ތިރީގައިވާ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރަންވާނެއެވެ.
އީމެއިލް އެޑްރެސް: tenders@sto.mv
1.2 ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅަން ޖެހޭ ލިޔުންތައް:
- ކުންފުނީގެ ރެޖިސްޓްރޭޝަން ކޮޕީ
- ކުންފުނީގެ ހިއްސާދާރުން/ވެރިފަރާތުގެ އައި.ޑީކާޑް ކޮޕީ
- ބީލަންކަރުދާސް ދޫކުރުން:
2.1 ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2024 އޭޕްރިލް 04 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.
- ސުވާލާއި ޖަވާބު:
3.1 ރަޖިސްޓަރީ ކުރުމަށްފަހި ހުށަހަޅަން ބޭނުންވާ ސުވާލުތައް އީމެއިލް tenders@sto.mv މެދުވެރިކޮށް ފޮނުވުމުން މި ކުންފުނިން ސުވާލުތަކަށް ޖަވާބުދެވޭނެއެވެ.
- ބީލަން ހުށަހެޅުން:
4.1 ބީލަން ހުށަހަޅަންވާނީ 2024 އޭޕްރިލް 11 ވަނަ ދުވަހު 1100ގެ ކުރިން tenders@sto.mv މިއީމެއިލް އެޑްރެސް އަށެވެ. އަދި ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް ބީލަމެއް ބަލައިނުގަނެވޭނެއެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ:
ފޯނު ނަނޮބަރ: 1422
އީމެއިލް: tenders@sto.mv