ދިވެހިރާއްޖެ
ތިރީގައި ދެންނެވިފައިވާ ތަންތަނުގައި ހުރި ބަނބުކެޔޮ ގަސްތައް 2 އަހަރު ދުވަހުގެ މުއްދަތަށް ވަރުވާއަށް ދޫކުރުމަށް ބޭނުންވެއެވެ.
- އިޖުތިމާޢީ މަރުކަޒު ގޯތިތެރޭގައި ހުރި 2 ގަސް
- މާޒު ގޯތީގެ އިރުމަތިން އޮތް ހުސްބިމުގައި ހުރި 1 ގަސް
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 އޭޕްރީލް 2024 ވާ އަންގާރަ ދުވަހުގެ 13:00 އަށް އަގު (ކޯޓޭޝަން) ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅާ ފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެއެވެ. މިކަމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު 4009830 ފޯނާއި ގުޅުއްވުން އެދެމެވެ.
- ބަނބުކެޔޮގަސްތައް ވަރުވާއަށް ހިފުމަށް ހުށަހެޅޭނެ އެންމެ ދަށް އަގަކީ އަހަރަކަށް -/3500 (ތިންހާސް ފަސްސަތޭކަ ރުފިޔާ) އެވެ.
ހުށަހަޅުއްވައި ބިޑްގައި ތިރީގައިވާ ކަންކަން ހިމަނަންވާނެއެވެ.
- ބަނބުކެޔޮގަސްތައް ކުއްޔަށް ހިފުމަށް ހުށަހަޅާ ވަރުވާގެ އަގު (އަހަރުދުވަހަށް)
- ބަނބުކެޔޮގަސްތައް ދިރުވާ އާލާކުރުމަށް ކުރާނެ މަސައްކަތުގެ ތަފްޞީލް
- ބަނބުކެޔޮގަސްތަކުން ލިބޭ ތަކެތި ބޭނުންކުރުމުގައި ރަށުގެ ރައްޔިތުންނަށް އިސްކަންދޭ މިންވަރާއި ކުރާނެ ފައިދާ
ހުށަހަޅާ ހުށަހެޅުންތަކަށް މާކްސް ދެވޭނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.
- ހުށަހަޅާ އެންމެ ބޮޑު ކުލި (އަހަރުދުވަހަށް) %80
- ބަނބުކެޔޮގަސްތައް ދިރުވާ އާލާކުރުމަށް ހުށަހަޅާ ހުށަހެޅުން
- ބަނބުކެޔޮގަސްތަކުން ލިބޭ ތަކެތި ބޭނުން ކުރުމުގައި ރައްޔިތުންނަށް އިސްކަންދޭ މިންވަރަށް
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
06 ޝައްވާލް 1445
15 އޭޕްރީލް 2024