ދިވެހިރާއްޖެ
މިސްކޫލްގައި މިހާރު ކިޔަވައިދެމުންދާ ބޭބީނާސަރީ އަދި ނާސަރީ ކުލާހަށް ކިޔަވައިދިނުމަށް ޓަކައި ތިރީގައި މިދަންނަވާ މަޤާމަށް ޓީޗަރުން ބޭނުންވެއެވެ.
* 1 – މަޤާމު : ވަގުތީ ޓީޗަރ ( ކޮންޓްރެކްޓް )
2- ބޭނުންވާ އަދަދު: 2
3 - މުސާރަ : މަހަކު 3500.00 ރުފިޔާ
4- އެހެނިހެން އިނާޔަތް: ރަމަޟާން އެލަވަންސް އަދި އިތުރުގަޑީގައި މަސަތްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ
5- ވަގުތު : 3 ގަޑިއިރު
6 – ފެންވަރު ނުވަތަ ޝަރުޠު :
1 – ޕްރީސްކޫލް ޓީޗިންގ ސެޓްފިކެޓް އޮތުން ނުވަތަ
2 – ޖީސީއީ އޯލެވެލް ހަދާފައިވުން .
7 – މަޤާމުގެ މަސައްކަތް :
– ސްކޫލް ހުޅުވުމާއި ، ބަންދުކުރުން
- ކަނޑައެޅޭ ޓައިމްޓޭބަލާ އެއްގޮތަށް ކްލާސްތަކުގައި ކިޔަވާދިނުމާއި ، ކިޔަވާދިނުމާއި ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން .
- އިދާރީގޮތުން ސްކޫލްގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން
- ބެލެނިވެރިންނާ ގުޅިގެން ހިންގަންޖެހޭ އިތުރު ޙަރަކާތްތަށް ހިންގުން.
- ސްކޫލް ހިންގުމާއި ގުޅޭގޮތުން ކައުންސިލުން އަންގަވާކަންކަން ކުރުން.
ވީމާ ، މިމަޤާމުތަކަށް އެދޭ ފަރާތްތަކުން ތިރީގައިވާ ލިޔެކިޔުންތަކާއެކު 28 އެޕްރީލް 2024 ވާ އާދިއްތަ ދުވަހުގެ 13.00 ގެ ކުރިން ބ.ގޮއިދޫ ކައުންސިލް އިދާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ.
1 ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ، އައިޑީކާޑުގެ ކޮޕީ
2 ތަޖުރިބާގެ ލިޔުން .
މިމަޤާމްތަކަށް މީހުން ހޮވުން އޮންނާނީ މެރިޓް އުޞޫލުންނެވެ. މިގޮތުން ފަންނީޤާބިލްކަން ހުރިމިންވަރު ދެނެގަތުމުގެގޮތުން އިންޓަވިޔުއެއް ބޭއްވޭނެއެވެ. އަދި މީގެ އިތުރުން ޕްރެކްޓިކަލް ޓެސްޓެއްވެސް ދެވޭނެއެވެ.
މިހެންވެ ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.