ދިވެހިރާއްޖެ
ނަންބަރު: (IUL)491-CDS3/491/2024/59
މިނިސްޓްރީގެ އައްޑޫ ޕްރޮޖެކްޓް އޮފީސް ފޮޅާ ސާފުކުރުމުގެ މަސައްކަތް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މިނިސްޓްރީގެ އައްޑޫ ޕްރޮޖެކްޓް އޮފީސް ފޮޅާ ސާފުކުރުމުގެ މަސައްކަތް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު އިއުލާން ނަމްބަރު (IUL)491-CDS3/491/2024/54 އިންފޮމޭޝަން ޝީޓްގައި ބަޔާންކޮށްފައިވާ ބީލަން ހުށަހެޅުމާއި ބީލަން ހުލުވުން ބޭއްވުމަށް ހަމަޖެހިފައިވާ ތަން ވަނީ ބަދަލުވެފައެވެ. ބަދަލުގެނެވިފައިވާ ޝީޓް މި އިއުލާނާއި އެކު ގެޒެޓް ކުރެވިފައިވާނެއެވެ. ވީމާ، ބީލަން ހުށަހެޅުމަށް ބޭނުން ކުރައްވާނީ ބަދަލުގެނެވިފައިވާ އިންފޯމޭޝަން ޝީޓް ކަމުގައި ދެންނެވީމެވެ.
- އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާ ފަރާތްތަކުން 18 އޭޕްރީލް 2024، ބުރާސްފަތި ދުވަހުގެ މެންދުރު 1200ގެ ކުރިން ތިރީގައިވާ އީމެއިލް އެޑުރެސް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.
- ބީލަންހުށަހެޅުމާއި ބީލަންހުޅުވުން އޮންނާނީ 24 އޭޕްރީލް 2024 ވާ ބުދަ ދުވަހުގެ 10:00 ގައި ދިރާމުލި/ޒިޔާރަތްމަގު ސ.ހިތަދޫ ގައެވެ. ބީލަންތައް ހުންނަންވާނީ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާ ފަދައިން ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ބާޠިލް ކުރެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.
މިމަސައްކަތާއިގުޅޭ މަޢުލޫމާތު ޝީޓް މިވުޒާރާގެ ވެބްސައިޓް www.infrastructure.gov.mv ގައި އަދި މިއިޢުލާނާއިއެކު ގެޒެޓުގައި ޝާއިޢުކޮށްފައިވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ
- އަމީނީ މަގު، މާފަންނު
- ކ.މާލެ، 20392
- އީމެއިލް: procurement.mci@infrastructure.gov.mv
07 ޝައްވާލް 1445ހ.
16 އޭޕްރީލް 2024މ.