ދިވެހިރާއްޖެ
ދަނޑުވެރިކަމުގައި ޙިއްސާވާ ފަރާތްތަކާއި ގުޅޭގޮތުން މަޢުލޫމާތު އެއްކޮށް ދަނޑުވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމުގެ ގޮތުން ދަނޑުވެރިކަމުގެ ސެންސަސްއެއް ހެދުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން މި ސެންސަސް ނެގުމުގައި ދަނޑުވެރިކަމުގައި (ވިޔަފާރި އުސޫލުން ދަނޑުހައްދާ ފަރާތްތައް، ވިޔަފާރި އުސޫލުން ކުދިޖަނަވާރު އަދި ކުކުޅު ގެންގުޅޭ ފަރާތްތައް، ވިޔަފާރި އުސޫލުން ގަސް ހައްދާ ވިއްކާފަރާތްތައް/ނާސަރީ ގެންގުޅޭ ފަރާތްތައް) ހަރަކާތްތެރިވާ ކުންފުނި،ޖަމްޢިއްޔާ،ކޯޕަރޭޓިވްސް އަދި އަމިއްލަފަރުދުންގެ ވިޔަފާރީގައި ހިމެނޭ ފަރާތްތައް ރަޖިސްޓްރީވުމަށް ހުޅުވާލަމެވެ. ވީމާ، ރަޖިސްޓްރީ ވުމަށް މި އިޢުލާނާއިއެކު މިވާ ފޯމް ފުރުއްވުމަށްފަހު 30 އެޕްރީލް 2024 ގެ ކުރިން info@agriculture.gov.mv އަށް މެއިލްކޮށްދެއްވުން އެދެމެވެ.
މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް މި މިނިސްޓްރީގެ ފޯން ނަންބަރު 3339261 ، ނުވަތަ 3339263) އާއި ގުޅުއްވުންއެދެމެވެ.