މަޤާމު
|
އޮފީސް އެސިސްޓެންޓް
|
ރޭންކް/ ކްލެސިފިކޭޝަން
|
ސަޕޯޓް ސްޓާފް ގްރޭޑް 2 (އެސް.އެސް 2)
|
ސަރވިސް
|
ސަޕޯޓް ސާރވިސް
|
ޑިޕާޓްމަންޓް/ ސެކްޝަން
|
އެޑްމިނިސްޓްރޭޓިވް އެންޑް ފައިނޭންސް
|
ބޭނުންވާ އަދަދު
|
1
|
މުސާރަ
|
-/3470 ރުފިޔާ
|
ސަރވިސް އެލަވަންސް
|
-/1000 ރުފިޔާ
|
އެހެނިހެން އެލަވަންސާއި އުޖޫރަ
|
ސިވިލް ސާރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
ތަޢުލީމާއި ތަޖުރިބާ
|
- މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސްއެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު
|
- ދިމާވާ ކުއްލި ހާލަތްތަކުގަ މިސެންޓަރުން ބޭނުންވެއްޖެ ކޮންމެ ވަގުތެއްގައި ނިކުމެވޭ ގޮތަށް ހުރުމާއި، އޮފީހުގެ އިދާރީ ކަންކަމުގައި އެހީތެރިވެދިނުން.
- ރަސްމީ ދުވަސްތަކުގައާއި ބަންދު ދުވަސް ދުވަހު އޮފީސް ހުޅުވުމާއި ބަންދުކުރުމުގެ މަސައްކަތް އޮފީހުން އަންގާ ގޮތަކަށް ކުރުން.
- މިސެންޓަރުން ރައްދުކުރަންޖެހޭ ސިޓީ/ ނޯޓް/ ޗެކްފަދަ ތަކެތި، ރައްދުކުރަންޖެހޭ ފަރާތަކަށް ރައްދުކުރުމުގެ މަސައްކަތްތައް ކުރުން.
- މިސެންޓަރުގެ ބޭނުމަށް ހޯދަންޖެހޭ އެންމެހާ ތަކެތި ގަތުމަށްޓަކައި އަގުހޯދުމާއި، ތަކެތިގަންނަޖެހިއްޖެނަމަ، އެތަކެތި ގަވާއިދާ އެއްގޮތްވާގޮތުގެ މަތީން ގެނެސް އެކަމާބެހޭ ފަރާތްތަކާއި ހަވާލުކުރުން.
- މިސެންޓަރުގެ އިމާރާތުގެ މަރާމާތުތައް އޮފީހުން އަންގާގޮތުގެމަތީން ކުރުމާއި، އެއަރކޯން، ފަންކާ އަދި ސާފުކުރުމާ ގުޅޭ މަސައްކަތްތައް ކުރަމުންދާގޮތް ބެލެހެއްޓުމާއި ކުރުން.
- މީގެއިތުރުން އޮފީހުގެ ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.
|
އެޕްލިކޭޝަން ފޮނުވަންވީތާރީޚާއި ތަން
|
12 މޭ 2015 ވާ އަންގާރަ ދުވަހު 15:00 ގެ ކުރިން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ، މާލެ/ ރިހިޖެހި ކޮށި.
|
އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މިނިސްޓްރީގެ ކައުންޓަރުންނާއި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން ލިބެންހުންނާނެ).
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
- ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ ފަދަ ކޮޕީ.
- ވަޒީފާއަށް އެދޭފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީ).
- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން އަދި ޚިދުމަތުގައި ދެމިތިބި މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ، އެތަންތަނުގައި ވަޒީފާ އަދާކުރިގޮތުގެ ލިޔުންތައް.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ލިބިފައިވާ ތަމްރީނާއި މަސައްކަތު ތަޖުރިބާ
- މަސައްކަތު އަޚުލާޤު
- މަސައްކަތްކުރުމުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް
- ގިނަވަގުތު މަސައްކަތުގައި އުޅެވޭނޭ މީހަކު ކަމުގައިވުން.
- ސައިކަލް ނުވަތަ ބައިސްކަލް ދުއްވާ މީހެއްކަމުގައިވުން.
|
އިންޓަވިއު ކުރުން
|
މިމަގާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ 18 މޭ 2015 ދުވަހުން ފެށިގެން މިސެންޓަރުގައެވެ. އަދި އިންޓަރވިއު އޮންނަ ތާރީޚުގެ 2 ދުވަސް ކުރިން އެމީހަކަށް އަންގާނަމެވެ.
ނޯޓް: މިވަޒީފާއަށް އެދިލައްވާފައިވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
އަދި އިންޓަވިއު ކުރާނީ ޝޯޓްލިސްޓް ކުރެވުނު 10 ފަރާތާއެވެ.
|
މަސައްކަތް ކުރަންޖެހޭ ތަން
|
މި މަޤާމުތަކުގައި ވަޒީފާ އަދާކުރާމުވައްޒަފުން ޢާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭނީ މާލޭގައެވެ.
|
އިތުރު މަޢުލޫމާތު
|
މި އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3333425 ނަންބަރު ފޯނާއެވެ.
|