ކުއްޔަށް ހިފުން
ނަންބަރު: (IUL)14-A3/1/2015/27
ޕަބްލިޝްކުރި ތާރީޚް: 30 އޭޕްރިލް 2015
ޕަބްލިޝްކުރި ގަޑި: 17:54
ސުންގަޑި: 07 މޭ 2015 13:30
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފުމަށް

މިއޮފީހުގެ ބޭނުމަށް ހދ.ހަނިމަދޫން ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެގެން ކުރި ނަންބަރު IUL)14-A3/1/2015/26) އިޢުލާނަށް މަޢުލޫމާތު ސާފުކުރަން ހާޒިރުވީ 2 ފަރާތުން ކަމަށްވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 07 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް ހދ.ހަނިމާދޫ ކަސްޓަމްސްއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 12 މޭ 2015 ވާ އަންގާރަ ދުވަހުގެ 13:30 އަށް ހދ.ކަސްޓަމްސްއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.

10 ރަޖަބު 1436

30 އޭޕްރިލް 2015