ވަޒީފާގެ ފުރުޞަތު
|
މަޤާމު:
|
ހެޑް އޮފް ފައިނޭންސް އެންޑް ބިޒްނަސް ޑިވިލޮޕްމެންޓް
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
މުސާރައާއި އެލަވަންސް:
|
- މުސާރަ އަދި އެލަވަންސް: މަހަކު 18,500 ރުފިޔާ
- ހިޔުމަން ރިސޯސް ޕޮލިސީއާއި އެއްގޮތަށް އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
މަޤާމުގެ މަސްއޫލިއްޔަތުތައް:
|
- ކުންފުނީގެ ބަޖެޓު ތައްޔާރުކުރުމާއި ފޯކާސްޓްތައް ތައްޔާރުކޮށް މޮނިޓަރކުރުން
- ކުންފުނީގެ ހިސާބުތައް ބެލެހެއްޓުމުގެ މަސައްކަތްތައް ރާވައި ހިންގުން.
- ކުންފުނީގެ މާލީ ރިޕޯޓުތައް ކަނޑައެޅިފައިވާ ވަގުތުތަކަށް ނިންމުން
- ކުންފުނީގެ މާލީ ހިސާބުތަކުގެ ޞައްޙަކަން ކަށަވަރުކުރުމާއި، މާލީ ހިސާބު ބެލެހެއްޓުމާއި ގުޅޭ ގޮތުން މުވައްޒަފުންނަށް އިރުޝާދު ދިނުން
- ކުންފުނީގެ ފަރާތުން ހުށަހަޅަންޖެހޭ ތަފާތު ރެގިއުލޭޓަރީ ރިޕޯޓުތަކާއި ކުންފުނިން ހަދާފައިވާ އެއްބަސްވުންތަކާއި ގުޅިގެން ހުށަހަޅަންޖެހޭ ރިޕޯޓުތައް ކަނޑައެޅިފައިވާ ވަގުތަށް ހުށަހެޅުން
- ކުންފުނީގެ މަޤުޞަދުތައް ހާސިލު ކުރުމަށް ބޭނުންވާ މާލީ ވަސީލަތްތައް ހޯދައި ބެލެހެއްޓުން
- ކުންފުނީގެ ސްޓްރެޓީޖިކް ބިޒްނަސް ޕްލޭން އެކުލަވައިލުމާއި ތަންފީޒުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން
- ޑިރެކްޓަރުންގެ ބޯޑަށް ބޭނުންވާ ކުންފުނީގެ ހިސާބުތަކުގެ ރިޕޯޓުތައް އެކުލަވާލުމާއި ހުށަހެޅުން
|
މަޤާމުގެ ޝަރުތުތައް:
|
ތަޢުލީމު:
- އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން އެމް.އެން.ކިޔޫ.އެފް ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
- ފައިނޭންސް/އެކައުންޓިންގ ނުވަތަ ކަމާގުޅޭ ދާއިރާއަކުން އެމް.އެން.ކިޔޫ.އެފް ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން
މަސައްކަތު ތަޖުރިބާ:
- އެކައުންޓިންގ ދާއިރާގައި މެނޭޖީރިއަލް ލެވެލްގައި މަދުވެގެން 3 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން
- ބަޖެޓް ތައްޔާރުކުރުމާއި، ބަޖެޓް ކޮންޓްރޯލްކުރުމާއި ފޯކާރސްޓް ތައްޔާރުކުރުމުގެ ތަޖުރިބާ ލިބިފައިވުން
- އޮޑިޓަރުންނާއި، ލެންޑިންގ އެޖެންސީތަކާއި ކްރެޑިޓް ރޭޓިންގ އެޖެންސީތަކާއެކު މުޢާމަލާތުކޮށް ތަޖުރިބާ ލިބިފައިވުން
- މާލީ އިދާރާތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
ހުށަހަޅަންޖެހޭ ލިޔުންތައް:
- ވަޒީފާއަށް އެދި ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއަކުން ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، އެޕްލިކޭޝަނާއިއެކު އެމް.ކިއޫ.އޭގެ
ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
މަޤާމަށް އެދެންވީ ސުންގަޑި:
21 މެއި 2024 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 ގެކުރިން ދީފައިވާ ގޫގުލް ލިންކް މެދުވެރިކޮށެވެ.
|
ނޯޓު :
އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް ގޫގުލް ފޯމުގައި ހުށަހަޅަންވާނެއެވެ.
މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް އެންގޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3013860 ނަމްބަރު ފޯނަށެވެ.
|