ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)355-ESMS/355/2024/25
ޕަބްލިޝްކުރި ތާރީޚް: 15 މޭ 2024
ޕަބްލިޝްކުރި ގަޑި: 11:31
ސުންގަޑި: 18 މޭ 2024 16:00
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަދިރި އުފެދޭ ފެންހަރުލާފަދަ ތަންތަން ސާފުކުރުމުގެ ޕްރޮގްރާމް

މި ދުވަސްވަރު ރަށުތެރޭގައި ޗިކުންގުންޏާ ފެތުރެމުންދާ މިންވަރު އިތުރުވާތީ، ފެންފުށީ ކައުންސިލް އިން އިސްނަގައިގެން ފެންފުށީ ހެލްތް ސެންޓަރ އާއި ގުޅިގެން މަދިރި އުފެދޭ ފެންހަރުލާފަދަ ތަންތަން ސާފުކުރުމުގެ ޕްރޮގްރާމްއެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ.

އެހެންކަމުން، 18 މެއި 2024 ވާ ހޮނިހިރު ދުވަހުގެ ހަވީރު 16:00 އަށް ހުރިހާ މުއައްސަސާތަކުގެ މުވައްޒަފުން އަދި ރަށުގެ އެންމެހާ ލޮބުވެތި ރައްޔިތުން މަދިރި އުފެދޭ ފެންހަރުލާފަދަ ތަންތަން ސާފުކުރުމަށް ކައުންސިލް އިދާރާ ކުރިމައްޗަށް ވަޑައިގެންދެއްވުން އެދި ދެންނެވީމެވެ.

15 މޭ 2024