ދިވެހިރާއްޖެ
މި ސްކޫލުންދޭ ނަމޫނާ އާއި އެއްގޮތަށް ދަރިވަރުންގެ ސެކަންޑް ޔުނީފޯމް ތައްޔާރުކޮށް ކުރިއަށް އޮތް 2 އަހަރަށް ފޯރުކޮށްދިނުމުގެ މަސައްކަތް، ވިޔަފާރި އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ މިކަމަށް ޝަޢުޤުވެރިވެލަށްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި ގަޑިތަކުގައި މި ސުކޫލަށް ވަޑައިގެން ނަން ނޯޓުކޮށް، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ބީލަން ހުށައެޅުއްވުން އެދެމެވެ.
ތާރީޚް |
ތަފްޞީލް |
ގަޑި |
ތަން |
19 މެއި 2024 އިން 23 މެއި 2024 އަށް |
ނަންނޯޓުކުރުން |
09:00 އިން 12:00 އަށް |
ކުރިނބީ ސްކޫލް / ހދ. ކުރިނބި |
27 މެއި 2024 (ހޯމަ) |
މަޢުލޫމާތު ސާފުކުރުން |
ހެނދުނު 10:30 ގައި |
ކުރިނބީ ސްކޫލް / ހދ. ކުރިނބި |
30 މެއި 2024 (ބުރާސްފަތި) |
އަންދާސީ ހިސާބު ހުށައެޅުން |
ހެނދުނު 10:30 ގައި |
ކުރިނބީ ސްކޫލް / ހދ. ކުރިނބި |
މި ޚިދުމަތަށް އެދި ބީލަން ހުށައެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު : 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މި ބީލަމުގައި ބައިވެރިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2024 މެއި 23 ވަނަ ދުވަހުގެ ކުރިން ސްކޫލަށް ވަޑައިގެން ނުވަތަ admin@kurinbeeschool.edu.mv މި އީ-މެއިލް މެދުވެރިކޮށް ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށައެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީ އަދި މަޢުލޫމާތު ސާފުކުރުމަށް ހާޟިރުވާ ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއި ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ގެންނަން ވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޟިރުނުވާ ފަރާތްތަކުގެ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަށްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ރަސްމީ ގަޑީގައި 9995686 މި ނަންބަރަށް ގުޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނީ admin@kurinbeeschool.edu.mv އަށެވެ.